-Advertisement-

-Advertisement-

މި އަހަރުގެ އަމީރުލްޙައްޖަކަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާޢީލް ޝަފީޢު!

މިއަހަރުގެ އަމީރުލް ޙައްޖު

މި އަހަރުގެ އަމީރުލްޙއްޖަކަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ހަމަޖައްސަވައިފިއެވެ.

ރާއްޖެއިން ކޮންމެ އަހަރަކުވެސް އަމީރުލްހައްޖުގެ ގޮތުގައި  ހައްޖަށް ދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ފަރާތެއް ކަނޑައެޅަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

އަމީރުލްހައްޖުގެ ގޮތުގައި އައްޔަނު ކުރާ ފަރާތަކީ ދިވެހި ދައުލަތުގެ ފަރާތުން ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަވާ ބޭފުޅާއެވެ.

ރާއްޖެއިން މިއަދު ހައްޖަށް ފުރި ފަހު ގުރޫޕްގައި އަމީރުލްހައްޖު ޑރ. އިސްމާއިލް ޝަފީއު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އިއްޔެ ފުރާވަޑައިގެންފައެވެ.

ރާއްޖެއަށް މިއަހަރު ލިބުނު ހުރިހާ ހައްޖު ކޯޓާއެއް ސަރުކާރުން ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.
ކަލަންޑަރަށް އައި ބަދަލަށްފަހު މިއަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 15ވާ ހޮނިހިރު ދުވަހެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-