-Advertisement-

-Advertisement-

ގާ ހުދުވާތީ އެޅި ވަގުތީ ފިޔަވަޅުތައް އުވާލައިފި

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން / ފޮޓޯ: އެޗްޑީސީ

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން ރާއްޖޭގައި ހިންގަމުން އައި ބިންހިއްކުމުގެ ހުރިހާ މަޝްރޫޢެއް ވަގުތީ ގޮތުން މެދު ކަނޑާކަން އަނގައި އެޅި ފިޔަވަޅުތައް އުވާލައިފިއެވެ.

އެގޮތުން ރާއްޖޭގެ ފަރުތަކުގައި ގާ ހުދުވުމާއި ގުޅިގެން އައްސޭރިފަށުގެ ތަރައްގީގެ ބޮޑެތި ހުރިހާ މަޝްރޫއުތަކާއި ބިން ހިއްކުމުގެ މަޝްރޫއުތައް ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަގުތީ ގޮތުން ހުއްޓާލަން  އީޕީއޭ އިން އެންގިއެވެ.

ވޭތުވެދިޔަ މަހެއް ހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގާ ހުދުވުމުގެ މައްސަލަތައް ކުރިމަތިވެ އެލަރޓް ލެވެލް 1 އަދި 2ށް އީޕީއޭއިން ވަނީ ރާއްޖެ ލައިފައެވެ.

އީޕީއޭއިން މިއަދު ވިދާޅުވީ ފަޅުކޮނުމާއި ބިންހިންކުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލަން އަންގާފައިވަނީ، މިހާރު ހިނގަމުންދާ ގާހުދުވުމުގެ މައްސަލައާ ގުޅިގެން ފަރުގެ މާހައުލަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެޅިފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. އެ ގޮތަށް މެދުކަނޑާލަން އަންގާފައިވާ އެންގުން މިއަދުގެ ނިޔަލަށް ނިމުމަކަށް އައިކަމުގައި ވިޔަސް، ގާހުދުވުމުގެ މައްސަލަ އަދިވެސް ދެމިއޮތް ކަމަށް ވިދާޅުވިއެވެ.

ރާއްޖެ މިހާރު ވަނީ އެލާޓް ލެވެލް، ލެވެލް 1 އަދި 2 އިން ވޮޗް ސްޓޭޓަސް އަށް ބަދަލުކޮށްފައި ނަމަވެސް، ފަޅު ކޮނުމުގެ މަސައްކަތަށް އެނބުރި ރުޖޫއަވާއިރު، އީ.އައި.އޭ ރިޕޯޓުގައި މަސައްކަތުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-