މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޝިޓު ރައްދު ނުކުރެވިފައިވާ މީހެއް ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ކުރި އިއުލާނުގައި ބުނެފައިވަނީ، ފުލުހުން ބުނީ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ،މައްސަލައަކާއި ގުޅިގެން ކ. މާލެ / ގ. ބްލޫރިވަރ އުމުރުން 38 އަހަރުގެ އާދަމް ރަޝީދު ހޯދަމުން އަންނަނީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެވެ.
ފުލުހުން އާދަމް ހޯދަމުންދަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ.
އެގޮތުން ފުލުހުން ވަނީ ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 ޖޫން 24 ވަނަ ދުވަހުގެ 11:00 އަށް އޭނާ ހާޒިރުވުމަށް އަންގައިފައެވެ.