-Advertisement-

-Advertisement-

ޢީދު ބަންދުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ

ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަމުން ދާ ފެރީ އެއް --

ބޮޑު ޢީދު ބަންދުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މިއަދު މޫސުމާއިބެހޭ ވުޒާރާއިން ބުނެފިއެވެ.

އީދު ބަންދުގައި މޫސުން އާންމުކޮށް ރަނގަޅުވި ނަމަވެސް، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވައިޖެހޭނީ އާންމު ގޮތެއްގައި 15 މޭލުގެ ބާރުމިނުގައި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

“އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ، އަދި ކެރިކޮޅު ދޭތެރެއަކުން އުޅޭނެ،” މެޓް އޮފީހުން ބުންޏެވެ.

އަންނަ ހަފްތާގެ އާދިއްތަ ދުވަހަކީ މިއަހަރުގެ އަޟްޙާ އީދު ދުވަހަށްވާއިރު، ގިނަ ބަޔަކު ތިބީ ޢީދު ބަންދަށް ރާއްޖޭގެ އެކި ރަށްރަށަށް ކަނޑުމަގުންނާއި ވައިގެމަގުން ދަތުރު ކުރުމަށް ތައްޔާރަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-