-Advertisement-

-Advertisement-

އީދު ބަންދު ދުވަސްތަކުގެ ތެރެއިން މި މަހުގެ 18 ވަނަ ދުވަހު ބީއެމްއެލްގެ ހިދުމަތްތައް ލިބޭނެ

ބީއެމްއެލް އިން ހިދުމަތް ދޭ މަރުކަޒެއް

މިއަހަރުގެ އަޟްހާ އީދު ބަންދު ދުވަސްތަކުގެ ތެރެއިން މި މަހުގެ 18 ވަނަ ދުވަހު ބީއެމްއެލްގެ ހިދުމަތްތައް ލިބޭނެކަމަށް ބޭންކުން ބުނެފިއެވެ.

އެމްއެމްއޭއިން ނެރެފައިވާ އިއުލާންގައި ހާމަކޮށްފައިވާ ގޮތުގެ މަތީން އީދާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއިން ބީއެމް ހުޅުވަން ހަމަޖެހިފައިވާ ދުވަހަކީ  އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން އަޟްހާ އީދާ ގުޅިގެން ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 2 ޖެހުމާ ހަމައަށްކަމަށް ބޭންކުން ބުނެފައިވެއެވެ.

އީދު ބަންދާއި ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބެންކް އޮފް މޯލްޑިވްސް އިން ބުނެފައިވެއެވެ.

މީގެ އިތުރުން ބީއެމްއެލްއިން ވަނީ އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިން ހިދުމަތްތައް ހޯދުމަށް އެދިފައެވެ.

އިސްލާމިކް މިނިސްޓްރީ ވަނީ މި މަހުގެ 16 ވާ އާދީއްތަ ދުވަހަކި މިއަހަރުގެ އަޟްހާ ޢީދު ދުވަސްކަމަށް ކަނޑައަޅާފައެވެ. މިއާއިއެކު މިއަހަރުގެ ޙައްޖު ދުވަހާއިޢީދު ދުވަހުގެ އިތުރުން އަޟްހާޢީދުގެ މުނާސަބަތުގައި މިމަހުގެ 17، 18 އަދި 19 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ވަނީ މީގެ ކުރިން ކަނޑައަޅާފައެވެ. އަދި މީގެއިތުރުން ސަރުކާރުން ވަނީ މި މަހުގެ 20 ވަނަ ދުވަހަކީ ވެސް ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-