މިއަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި ސަރުކާރު ބަންދު ދުވަސްތަކުގައި ޕާސްޕޯޓްގެ ހިދުމަތް ލިބޭނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އީދު ބަންދު ދުވަސްތަކުގެ ތެރޭގައި އިމިގްރޭޝަން މާލެ އޮފީހުން ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ ދުވަސްތަކާއި ގަޑިތައް ހާމަކުރަމުން އެމިގްރޭޝަނުން ބުނެފައިވަނީ މިމަހުގެ 17 އިން 20 އަށް ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ ކަމަށާއި ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު އެހިދުމަތަށް އެދެވޭނެކަމަށް ބުނެފައިވެއެވެ.
އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓްގެ ހިދުމަތަށް އެދެވޭނީ ހަމައެކަނީ 65 އަހަރުން މަތީގެ ފަރާތްތަކާއި އެމަޖެންސީ ހާލަތްތަކުގައި ކަމަށާއި އެފަރާތްތަކަށް ހެނދުނު 9 އިން މެންދުރުފަހު 1 އަށް އެހިދުމަތް ލިބޭނެކަމަށެވެ.
މީގެ އިތުރުން ހެނދުނު 8 އިން ހަވީރު 4 އަށް ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަންބަރު ނަގައިގެން ޕާސްޕޯޓް ދޫކުރާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި މެންދުރު 12 އިން 12:45 އާ ދެމެދު ނަންބަރު ދޫކުރުން މެދުކެނޑޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި މަހުގެ 16 ވާ އާދީއްތަ ދުވަހަކީ އަޟްޙާ އީދު ދުވަހުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާއިރު، އީދުގެ މުނާސަބަތުގައި މިމަހުގެ 17، 18 އަދި 19 ގެ އިތުރުން 20 އަކީ ވެސް ސަރުކާރު ބަންދު ދުވަހެކެވެ. މިމުއްދަތުގައި މެޑިކަލް އެމަޖެންސީގެ ހާލަތެއް ދިމާވެއްޖެނަމަ 9555333 ގުޅުމަށް އިމިގްރޭޝަނުން ވަނީ އިރުޝާދު ދީފައެވެ.