-Advertisement-

-Advertisement-

އުރީދޫ ފަން ރަންގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ބައިވެރިވެޑައިގަތުމަށް އުރީދޫ އިން ދައުވަތު ދެއްވައިފި

ފޮޓޯ: އުރީދޫ މޯލްޑިވްސް

އޫރީދޫއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ އުރީދޫ ފަން ރަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ބައިވެރިވެޑައިގަތުމަށް އުރީދޫ އިން ދައުވަތު ދެއްވައިފިއެވެ.

އުރީދޫ ފަން ރަން އަކީ ރާއްޖޭ އެންމެ ގިނަ މީހުން ބައިވެރިވާ އަދި އެންމެ އުފާވެރި އެއް ދުވުމެވެ. މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި ބޭއްވާ ރަންގައި ބައިވެރިވުމަށް މަޖިލީހުގެ ރައީސްއަށް ދައުވަތު ދެއްވާފައިވާއިރު، މިފަހަރުގެ ދުވުން ލާމު އަތޮޅުގައި ބާއްވަން އިޚްތިޔާރުކުރެއްވީ ރާއްޖޭގެ ރަށްތަކުގެ ތަފާތު ރީތިކަމާއި ތަފާތުކަން ގަބޫލުކުރުމަށް ކަމަށް އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އޭނާ ވިދާޅޫވި ގޮތުގައި އުރީދޫ ފަން ރަން 2024 އަށް ލ. އަތޮޅު އިހުތިޔާރުކުރީ ހަމައެކަނި ދުވަން ނޫން ކަމަށާއި މިފުރުސަތުގައި ލ. އަތޮޅުގެ ހިތްގައިމު މުޖުތަމައުއާ ގުޅިގެން ދެމެހެއްޓެނިވި ހަނދާންތައް އެކުގައި އުފެއްދުމަށް އުއްމީދު ކުރާ ކަމަށެވެ.

ހުސްވި އަހަރު އުރީދޫ އިން ބޭއްވި ފަން ރަން 2023 ގައި 6000 ވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައިވާއިރު، މި އަހަރުގެ ފަން ރަން ލާމުގެ އިތުރުން ހުޅުމާލޭގައިވެސް ބޭއްވުމަށް ނިންމާފައިވާކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-