-Advertisement-

-Advertisement-

ތައިލެންޑްގެ ބޭސް އުފައްދާ ކުންފުންޏެއްގެ 15 ވައްތަރެއްގެ ބޭސް ބޭނުން ނުކުރުމަށް އެމްއެފްޑީއޭން އިލްތިމާސް ކޮށްފި

ތައިލެންޑްގެ ބޭސް އުފައްދާ ކުންފުނި ސެވެން ސްޓާސް ފާމަސޫޓިކަލް ކޯ ލިމިޓެޑު

ތައިލެންޑްގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެވެން ސްޓާސް ފާމަސޫޓިކަލް ކޯ ލިމިޓެޑުން ބޭސް އުފެއްދުމުގައި ބޭނުން ކޮށްފައިވާ “ސޯބިޓޯލް”އޭ ކިޔުނު އެކްސީޕިއެންޓެއް ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވޭކަން ސަމާލުކަމަށް އައިސްފައިވާތީ އެ ކުންފުނީގެ 15 ވައްތަރެއްގެ ބޭސް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެފްޑީއޭން އިލްތިމާސް ކުރީ ރާއްޖޭން ތައިލެންޑަށް ދަތުރު ކުރާ މީހުން ސެވެން ސްޓާސް ފާމަސޫޓިކަލް ކޯ ލިމިޓެޑުން އުފައްދާ މި ފަނަރަ ވައްތަރުގެ ބޭސް ބޭނުން ނުކުރުމަށެވެ.

  • ކާބޮސޯލް ސިރަޕް
  • ސްޓާޓެކް ސިރަޕް
  • ޕެރެސްޓާ ސަސްޕެންޝަން
  • ފޭޓެކް ސިރަޕް
  • ސެޓަފެން ސިރަޕް
  • ކޯ- ޓްރިމެކްޒޯލް މިކްސްޗަރ
  • ކްރެސްބުފެން ސަސްޕެންޝަން
  • ޑޮމްޕާސްޓާ ސަސްޕެންޝަން
  • ކްރެސްޓްރިމް ސަސްޕެންޝަން
  • ކްރެސްކޯލެޓް ސިރަޕް
  • ކްރެސްޓެކް ސިރަޕް
  • ކްރެސްބްރޮކްޒޯލް ސިރަޕް
  • ސްޓާޓިފިން ސިރަޕް
  • އިބުސްޓާ ސަސްޕެންޝަން
  • ޑޮމްޕާކްރެސް ސިރަޕް

ސެވެން ސްޓާސް ފާމަސޫޓިކަލް ކޯ ލިމިޓެޑުން އުފައްދާ ބޭހުގައި ނުރައްކާތެރި މާއްދާއެއް އެކުލެވޭކަން ފުރަތަމަ ފާހަގަ ކުރީ ތައިލޭންޑްގެ ބޭސް ރެގިއުލޭޓު ކުރާ އޮތޯރިޓީ “ތައި-އެފްޑީއޭ”އިންނެވެ. މި ކަން ރާއްޖޭގެ އޮތޯރިޓީގެ ސަމާލުކަމަށް އައުމާ އެކު، އެ ކަމަށް އާންމުން ސަމާލުވުމަށް އެމްއެފްޑީއޭން ވަނީ ބަޔާނެއް ނެރެފައެވެ. ސަމާލުވާންވީ ބޭސްތަކުގެ ނަންތައް ވެސް ބަޔާންކޮށްފައިވަނީ އެ ބަޔާނުގައެވެ.

ތައިލެންޑުން މަނާ ކުރި އެ ބޭސްތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން ހުއްދަ ކުރާ ބޭސްތަކުގެ ތެރޭގައެއް ނުހިމެނެއެވެ. އެހެންނަމަވެސް ތައިލެންޑަކީ ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ގޮސް އުޅޭ ތަނަކަށް ވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ތައިލެންޑުން ބޭސް ގަނެގެން އެތެރެ ކުރާތީ އެ ކަމަށް ސަމާލުވާން އެމްއެފްޑީއޭން އިލްތިމާސް ކޮށްފައިވެއެވެ.

މި ކަމާ ގުޅިގެން ތައިލެންޑުގެ ކަމާ ބެހޭ ފަރާތުން ވަނީ އެ ގައުމުގެ ބާޒާރުގައި ހުރި އެ ބޭސްތަކުގެ ތެރެއިން މައްސަލަ ހުރި ކަމަށް ފާހަގަކުރެވޭ ބެޗްތައް ނެގުމަށް ވެސް އަންގައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-