-Advertisement-

-Advertisement-

އިއްޒުއްދީން ސްކޫލުގައި ރެނދުލާފައިވާތީ އެސެސްމެންޓެއް ހަދަނީ

އިއްޒުއްދީން ސްކޫލުގެ ތިންވަނަ ފަންގިފިލާގެ ބައެއްގައި ލާފައިވާކަމަށް ބުނާ ރެނދު. ފޮޓޯ: ސޯޝަލް މީޑިއާ

އިއްޒުއްދީން ސްކޫލު އިމާރާތުގެ ތަނބެއްގައި ރެނދެއް ލާފައިވާތީ، އެ ސްކޫލާ މެދު ދެން އަމަލު ކުރަން ޖެހޭ ގޮތެއް ނިންމާނީ އެސެސްމެންޓެއް ހެދުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ހާމަކޮށްފިއެވެ.

އިއްޒުއްދީން ސްކޫލުގައި ރެނދުލާފައިވަނީ އެ ސްކޫލުގެ ތިންވަނަ ފަންގިފިލާގެ ބައެއްގައެވެ. އެ ސްކޫލުގައި ކުދިން ކިޔެވުން ރައްކާތެރިތޯ ބެލުމަށް އެސެސްމެންޓެއް ހެދުމުގެ މަސައްކަތް މިނިސްޓްރީން ވަނީ މި ހަފުތާގައި ފަށާފައެވެ.

އެހެންކަމުން އެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ނިންމާ ގަޑި ވެސް ވަނީ އަވަސް ކޮށްފައެވެ.

އިއްޒުދީން ސްކޫލްގެ ސްޓްރަކްޗާރގެ ހާލަތު ބެލުމަށްޓަކައި ކޮންސްޓްރަކްޝަން މިނިސްޓްރީއާ ގުޅިގެން ސާރވޭއެއް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ނޫސްތަކަށް މައުލޫމާތު ދީފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް އެންމެ އިސްކަމެއްދެނީ ސްކޫލުގައި ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމު ކުރުމަށްކަމަށް އެ މިނިސްޓްރީން ބުނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-