-Advertisement-

-Advertisement-

ހުޅުމާލޭގައި ކުލަގަދަކޮށް އީދު ފާހަގަ ކުރަނީ

ހުޅުމާލޭގައި ކުލަގަދަކޮށް އަޟްޙާ އީދު ފާހަގަކުރުމަށް ހައުސިންގް ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތައްޔާރީތައް ފަށައިފިއެވެ.

އެޗްޑީސީން ހާމަކުރީ ދިރާގާއި ޝީޝާއިން ސްޕޮންސާ ކޮށްގެން “މައި ހުޅުމާލެ އީދު އުފާ ޕަވަޑް ބައި ދިރާގު” ނަމުގައި ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކާ އެކު ތިން ދުވަހުގެ އިވެންޓެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 15 ޖޫން ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު، އީދު ވެދުމާދިމުގެ ފޯރިގަދަ ހަރަކާތުންނެވެ. އަދި ހުޅުމާލޭގެ ފޭސް 1 ގައި އީދު ނަމާދު ކުރާނީ ސިންތެޓިކް ޓްރެކްގައެވެ. އަދި ފޭސް 2 ގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ ކްރިކެޓް ސްޓޭޑިއަމްގައެވެ. އީދު ނަމާދަށްފަހު ސިންތެޓިކް ޓްރެކުގައި ދިރާގު އީދު ބޮނޑިބަތް ބެހުމުގެ އިންތިޒާމް ބޭއްވުމަށް ދިރާގުން ވަނީ ރާވާފައެވެ. މީގެ އިތުރުން މި މަހުގެ 16 އަދި 17 ވަނަ ދުވަހު، ދިވެހިންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑު މަސް ދުއްވުމާއި މާލި ޕެރޭޑު އަދި ކޯޑި ކެޑުން ފަދަ ތަފާތު ހަރަކާތްތައް އޮންނާނެއެވެ. ހަމައެއާއެކު ކުޑަ ކުދިންގެ ހަވީރާއި ހަވާއެރުވުމުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

މީގެ އިތުރުން ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދޭ ދިރާގު އީދު ޝޯއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އީދު ހަރަކާތްތަކުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސްގެ ފަރާތުން 160 ސީސީ އެއާ ބްލޭޑް ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި އަހަރުގެ އަޟްޙާ ޢީދުގައި އަތޮޅުތެރެއިން ޤައުމީ ފެންވަރުގައި 3 ރަށެއްގައި ޢީދު ފާހަގަ ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. އެއީ ރާއްޖޭގެ އުތުރުން މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރާއި ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫއާއި ދެކުނުން ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިއްޔެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-