-Advertisement-

-Advertisement-

އެމްޑީޕީ ހިންގުން ހަރުދަނާ ކުރުމަށް މަގުޗާޓެއް އެކުލަވާލަނީ

އެމްޑީޕީން ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން. ފޮޓޯ: އެމްޑީޕީ

އެމްޑީޕީ ހިންގުން ހަރުދަނާކޮށް، މުއައްސަސާއެއްގެ ގޮތުގައި ‘އިންސްޓިޓިއުޝަނަލައިޒް’ ކުރުމަށް މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ މި މަސައްކަތް ފެއްޓެވިކަން ފާހަގަކުރައްވާފައެވެ.

މި މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު އަދި މިޝަން ރަނގަޅަށް ބަޔާންކުރެވިފައިވާ މުސްތަގުބަލުގެ ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ހެދުމަށް ފައްޔާޒް ވަނީ އެދިވަޑައިގެންފައެވެ. އެ ބައްދަލުވުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ޑިމޮކްރަސީ ކުރިއަރުވައި ދެމެހެއްޓުމުގެ ގޮތުން އެންމެ މައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން އެ ޕާޓީ އިންސްޓިޓިއުޝަނަލައިޒް ކުރުމުގެ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ހޯމަ ދުވަހުގެ ރޭ ހިއްސާކުރެވުނުކަމަށެވެ.

އެމްޑީޕީގެ މި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިމިގެންދިޔަ ދެ އިންތިހާބު ގެއްލުނު ސަބަބުތައް ހޯދައި ދިރާސާ ކުރުމަށް އެކުލަވާލި ޓެކްނިކަލް ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވެސް ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-