-Advertisement-

-Advertisement-

”ފަލަސްތީނާއެކު ދިވެހީން” ޤައުމީ ޓެލެތޯން ފަށައިފި

'ފަލަސްތީނާއެކު ދިވެހިން' ޓެލެތޮން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު--ފޮޓޯ: ރައީސް އޮފީސް

ޙާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ ‘ފަލަސްތީނާއެކު ދިވެހީން’ ޓެލެތޯން ފަށައިފިއެވެ.

މިއަދު ހެނދުނު 08:00ން މެންދުރު 12:00 ގެ ނިޔަލަށް ކުރިއަސް ގެންދާ ތެލެތޯން ރަސްމީކޮށް ފަށްޓަވައިދެއްވީ  ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ.

ރައީސްގެ އިތުރުން ކެބިނެޓްގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެން މި ތެލެތޯން އަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ގެ އެދިވަޑައިގަތުމުގެ މަތިން ކުރިއަށް ގެންދާ ތެލެތޯނެއް ކަމުގައި ޕަބްލިކް ސަރވިސް މީޑިޔާއިން ބުނެއެވެ.

މި ތެލެތޯންގައި އެސްއެސްޓީވީން ވެސް ބައިވެރިވެއެވެ.

މީގެ އިތުރުން މި ތެލެތޯން އިން ލިބޭ ފައިސާ އޭގެ ހައްގުވެރިންނަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެކަން ޔަގީން ކުރުމަށް މިނިވަން އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް ހަމަޖައްސައިފައިވާ ކަމަށް ތެލެތޯން ފެށުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރު ވިދާޅުވިއެވެ.

މިއަދު ކުރިއަށްގެންދާ މި ޓެލެތޯންގައި މާލޭ ސަރަހައްދުގެ 13 ސަރަހައްދެއްގައި ފަނޑު ފޮށި ވަނީ ބަހައްޓައިފައެެވެ. އަދި މި ފަނޑު ފޮށި ތަކުގެ ތެރެއިން ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑު ފޮށި ފިޔަވައި ދެން ހުރި ހުރިހާ ފަންޑު ފޮއްޓެއް އިރު އޮއްސުމުގެ ނިޔަލަށް ހުންނާނެއެވެ.

މީގެ އިތުރުން މި ޓެލެތޯންގައި އޮންލައިނކޮށް ވެސް އެހީގެ ފައިސާ ޖަމާކުރެވޭނެ ނިޒާމު ވަނީ ގާއިމު ކޮށްފައެވެ. އެގޮތުން އެހީގެ ގޮތުގައި ދިވެހި ރުފިޔާ ޖަމާކުރާނަމަ އެ ފައިސާ ޖަމާކުރާނީ 7730000655865 އަށެވެ.

އަދި ޑޮލަރު ޖަމާ ކުރާނަމަ ޖަމާކުރާނީ 7730000655866 އެކައުންޓަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-