-Advertisement-

-Advertisement-

ޕީއެންސީގެ މަޖިލީސް މެންބަރުންގެ ފަރާތުން ފަލަސްތީން ފަންޑަށް ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފި

ޕީއެންސީގެ މަޖިލީސް މެންބަރުންގެ ފަރާތުން ފަލަސްތީން ފަންޑަށް ދެ ލައްކަ ރުފިޔާ - ފޮޓޯ: ޕީއެސްއެމް

ރައްޔިތުންގެ މަޖިލިހުގައި ޕީއެންސީ ތަމްސީލުކުރާ މެމްބަރުން ގެފަރާތުން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ހުޅުވާލައިފައިވާ ފަންޑަށް ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް ޕަބްލިކް ސަރވިސް މީޑިޔާގެ ފަރާތުން މިއަދު ކުރިއަށް ގެންދާ “ފަލަސްތީނާއެކު ދިވެހިން” ތެލެތޯންގައި ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ ޕީއެންސީގެ 75 މެމްބަރުންގެ ފަރާތުން 200،000.ރުފިޔާ ޕީއެސްއެމްއާއި ހަވާލުކޮށްދެއްވީ،  ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. ޕީއެސްއެމްގެ ފަރާތުން އެ ފައިސާއާއި ހަވާލުވެލެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރެވެ.

ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ ޕީއެންސީގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގެން މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ އެންމެ ބާރަށް ވިންދު ޖަހާ އެންމެ ކަންބޮޑުވުން އޮތް އެއް މައްސަލައަކީ ފަލަސްތީނުގެ މައްސަލަ ކަމަށެވެ.

މީގެ އިތުރުން ރައީސް އިސްނަންގަވައިގެން ފެއްޓެވި ޓެލެތޯންގައި ރައްޔިތުން ތަމްސީލު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާކަން ފާހަގަ ކުރައްވާ އަބްދުރަހީމް ވިދާޅުވީ، ރައްޔިތުން ތަމްސީލު ކުރާ އެންމެ ބޮޑު އެއް މުވައްސަސާއަކީ ރައްޔިތުންގެ މަޖިލީސް ކަމަށްވުމުން، ޕީޕީޢެމް ޕީއެންސީން ގަބޫލުކުރީ އެއަށް އެންމެ ފުރަތަމަ އިޖާބަދޭންޖެހޭ ބަޔަކަށް އެ ބޭފުޅުން ވާންޖެހޭނެ ކަމުގައި ކަމަށެވެ.

އަދި ވަކި ފިކުރަކަށް ނުބައްލަވައި މި ތެލެތޯން ގައި ބައިވެރިވެ ދިވެހި ރައްޔިތުން ބައިވެރިވެ ދިވެހިންގެ ހިތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނާއި މެދު އޮތް ލޯތްބާއި ކަންބޮޑުވުން ދައްކައިދިނުމަށްވެސް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ލަސްތީނަށް އެހީވާން ދައުލަތުގެ މީޑިއާއިން އިސްނަގައިގެން ދިވެހި މީޑިއާތަކާ ވެސް ގުޅިގެން ކުރިއަށް ގެންދާ މި ޓެލަތޯން މިއަދު ހެނދުނު 8:00 ގައި ފެށީއިރު މިރޭ 12:00 ވަންދެން ކުރިއަށްދާނެއެވެ. އެކަމަކު، ފަންޑު ފޮށިތައް އާންމު ސަރަހައްދުތަކުގައި ބަހައްޓަން ހަމަޖެހިފައިވަނީ އިރުއޮއްސި 6:00 އާ ހަމައަށެވެ.

ންޑު ފޮށިތައް ކައިރިއަށް ނުދެވޭ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މި ކަމަށް ޚާއްސަ ދެ އެކައުންޓެއް ވަނީ ހުޅުވައިފައެވެ. އެއީ،

ދިވެހި ރުފިޔާ – 7730000655865 – ނަން: ފަލަސްތީނާ އެކު ދިވެހީން

ޑޮލަރު – 7730000655866 – ނަން: ފަލަސްތީނާ އެކު ދިވެހީން

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-