-Advertisement-

-Advertisement-

މަންމައަށް އަނިޔާކުރި މީހަކު ޖަލަށް ލާން ޙުކުމްކޮށްފި

ކްރިމިނަލް ކޯޓް - ފޮޓޯ/ ރާއްޖެއެމްވީ

މަންމައަށް ތަކުރާރުކޮށް އަނިޔާކުރި މީހެއް 2 މަހާއި 12 ދުވަހަށް ޖަލަށް ލާން ޙުކުމްކޮށްފިއެވެ.

ދައުލަތުން ކ. މާލެ، ހ. ގާޑަންބިއުޓީ، އިބްރާހިމް އިކްރާމާ ދެކޮޅަށް ދަޢުވާކޮށްފައިވަނީ ފެބްރުއަރީ 24، 2023 ވަނަ ދުވަހު 14:00 އެހާއިރު، އޭނާގެ މަންމަ އޭނާ ނިދާ ކޮޓަރީގައި އޮއްވާ މަރުގެ ބިރުދައްކައިގެން ދެ އަތުގައި ޖަހައި އަނިޔާކޮށްފައިވާތީއެވެ. އަދި، އެ ދުވަހުގެ އިތުރުން ފަސް ދުވަހު އިކްރާމް އޭނާގެ މަންމައަށް ތަކުރާރުކޮށް އެކި ގޮތްގޮތަށް އަނިޔާކޮށްފައިވާތީވެއެވެ.

މީގެ އިތުރުން ޖޫން 19، 2023 ގައި އޭނާ ވަނީ މަންމަގެ އަތުގައި ފައިން ޖަހާ އަނިޔާކުރުމުގެ އިތުރުން އެ މަހު 23 ގައި ވެސް މަންމައަށް 500 އެމްއެލްގެ ފެން ފުޅިއަކުން ވެސް އޭނާ ވަނީ އޭނާގެ މަންމައަށް ހަމަލާދީފައެވެ. އަދި ޖުލައި 4، 2023 ގައި ވެސް ދެ ފޫޓު ހުންނަވަރުގެ ހޮޅިބުރިއަކުން ހަމަލާދީ އަނިޔާކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ.

އިކްރާމް ވަނީ ތަކުރާރުކޮށް މަންމައަށް އަނިޔާކުރި ކަމަށް އިއުތިރާފުވެފައިއެވެ. އެހެންކަމުން އިއުތިރާފުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި  ކްރިމިނަލް ކޯޓުންވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިކްރާމްއަށް އިއްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-