-Advertisement-

-Advertisement-

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އިސްލާހު ކުރަން  ހުށަހަޅަން ނިންމައިފި

ހީނާ ވަލީދު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އިސްލާހު ކުރަން  ހުށަހަޅަން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި ސަރުކާރުގެ ފަރާތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

މައުމޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ތަންފީޒު ކުރުމުގައި ޑިމޮކްރެޓިކް ވެއްޓަކަށް ފެއްތުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ މިގާނޫނު އިސްލާޙު ކުރުމުގެ ބިލަކީ ބަންޑާރަ ނައިބު ގެންގުޅުއްވާ ގާނޫނީ އިސްލާހީ އެޖެންޑާގެ ތެރޭގައި ހިމެނޭ ބިލެއް ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އިސްލާޙު ކުރުމަށް ނިންމާފައިވީ ނަމަވެސް މިގާނޫނުގެ ތެރެއިން އިސްލާޙު ކުރުމަށް ހުށަހަޅަނީ ކޮން ކަމެއްކަން ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުންވެސް މިމަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

މިގާނޫނަށް އިސްލާޙު ގެނައުމަށް ސަރުކާރުން ނިންމާފައިވަނީ ސަރުކާރުން ނިންމާފައިމިވަނީ އިންފޮމޭޝަން ކޮމިޝަން (އައިކޮމް)ގެ އަޑުއެހުންތަކަށް ހާޒިރުނުވުމާއި އެ ކޮމިޝަނުން އަންގާ އެންގުންތަކަށް ރައީސް އޮފީހުން އަމަލު ނުކުރާ މައްސަލަ ބޮޑުވުމުން އެކަމަށް ފިޔަވަޅު އަޅަން ނިންމާފައިވާތީވެއެވެ.

މިގާނޫނުގެ ދަށުން (އާޓީއައި) މަޢުލޫމާތު ހޯދުމަށް އެންމެ ގިނަ މީހުން ހުށަހަޅާ އިދާރާއަކީ ރައީސް އޮފީހަށްވާއިރު، އެއޮފީހުން ގިނަ ހުށަހެޅުންތަކަށް ޖަވާބު ނުދޭތީވެ ގިނަ ބައެއް ދަނީ އެކަމުގައި ޝަކުވާ ހުށަހަޅާފައެވެ. މިއާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވަނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނަށް ރައީސް އޮފީހުން އަމަލު ނުކުރަނީ ކީއްވެ ކަމާއި އެކަމުގައި ޒިންމާވާން ޖެހޭ ފަރާތަކީ ކޮބައި ކަން ބަލަން ނިންމައިފައެވެ.

މިހާރު ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަމާއި ގުޅިގެން ހީނާ ވިދާޅުވެފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވެސް ގާނޫނުން ލިބިދޭ އިހުތިޔާރާއި ބާރުގެ ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ޑިމޮކްރެސީގެ ހަމައަކީ ވެސް އެއީ ކަމަށެވެ. އަދި މައުލޫމާތު ނުދެނީ ކީއްވެ ކަމާއި އެހެން ވެސް މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ފުރިހަމަ އިހްތިޔާރު އެ ކޮމިޝަނަށް އޮންނާނެ ކަން ރައީސް އޮފީހުން ގަބޫލުކުރާ ކަމަށް ހީނާ ވިދާޅުވި ކަމަށް މިހާރު ނޫހުން ރިޕޯޓްކޮށްފައިވެއެވެ. ރައީސް އޮފީހުގެ ސިޔާސަތަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ހާމަކޮށް ފެތުރުން ކަމަށް ހީނާ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-