-Advertisement-

-Advertisement-

ޖޭއެސްސީގެ ރައީސަކަށް މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ އިންތިހާބު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ. ފޮޓޯ: ސަން އޮންލައިން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ އިންތިޚާބު ކޮށްފިއެވެ.

ރިޒާއަކީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނަވާ މެމްބަރެވެ. އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ރިޒާ އައްޔަނު ކުރިކަން ޖޭއެސްސީން އިއްޔެ ވަނީ އާންމު ކޮށްފައެވެ.

ޖޭއެސްސީގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވީ މަޖިލީހުން އެ ކޮމިޝަނަށް ކުރިން ކަނޑައަޅާފައި ހުންނެވި ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސައިނެވެ. ޖޭއެސްސީގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރާނީ އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

މެމްބަރު ރިޒާއަކީ ކުރިން ކްރިމިނަލް ކޯޓުގެ އެޑްމިނިސްޓްރޭޓާގެ މަގާމް ވެސް އަދާކުރެއްވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-