-Advertisement-

-Advertisement-

މިފްކޯއަށް ބޮޑުކަންނެލި ގަތުމަށް ގޮވާލާ މަސްވެރިންގެ އިހުތިޖާޖެއް.

ފޮޓޯ: ސޯޝަލް މީޑިއާ

މިފްކޯއިން ބޮޑުކަންނެލި ނުގަންނާތީ، ބޮޑުކަންނެލި މަސްވެރިކަމުގައި އުޅޭ ފަރާތްތަކުން އިއްޔެ އިހުތިޖާޖު ކޮށްފިއެވެ.

ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މަސްވެރިންނާ ބައްދަލު ކުރައްވައި މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް އެ ފަރާތްތަކުން ގޮވާލާފައިވާކަން ފާހަގަކޮށްލެވެއެވެ. ޝިޔާމް އެ ސަރަހައްދަށް ވަޑައިގެން އިހުތިޖާޖު ކުރަމުންދާ މަސްވެރިންނާ ބައްދަލު ކުރެއްވިކަން ވެސް ފާހަގަކޮށްލެވެއެވެ.

ޝިޔާމް ވިދާޅުވީ، މިފްކޯއިން ބޮޑުކަންނެލި ގަތުމަތީ ސަރުކާރުގެ ވައުދެއްކަމަށް ވިއަސް އެ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން އެ ކަން މި އަހަރުގެ ތެރޭގައި ކުރެވެން ނެތްކަމަށެވެ. އަދި ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ކަންބޮޑުވުމަށް އިޝާރާތް ކުރައްވައި، ޝިޔާމް ވިދާޅުވީ އެ ކަމުގެ މަޝްވަރާ ސަރުކާރުން ކުރަނީ ދައުލަތުގެ މާލީ ހާލަތު ދަށްވުމުން އާމްދަނީ ލިބޭނެ ހުރިހާ ގޮތެއް ބެލުމުގެ ތެރެއިންކަމަށެވެ.

އެ އިހުތިޖާޖުގެ ބައިވެރިން އަންނަނީ، ކަންނެލި މަސްވެރިކަން ކުރުމަށް ލޭނު އަޅަން ހުއްދަ ދޫކުރުމާ ދެކޮޅު ކަމަށް ބުނަމުންނެވެ. އަދި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމަށާއި މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމަށް އިހުތިޖާޖުގައި އަންނަނީ ގޮވާލަމުންދެއެވެ. ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އަންގާރަ ދުވަހު ބުނެފައިވާ ގޮތުގައި މަސްވެރިން ބާނާ މަހަށް 80 މިލިއަން ރުފިޔާ ނުދެވި އެބަހުރިއެވެ. އަދި މިހާރު ދަނީ މަސްވެރިންނަށް މި ފައިސާ ދިނުމަށް މަސައްކަތް ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-