-Advertisement-

-Advertisement-

“ފަލަސްތީނާއެކު ދިވެހިން” ޓެލެތޯންއަށް ފައިސާ ހަދިޔާ ކުރެވޭ ވަގުތު އިތުރުކޮށްފި

'ފަލަސްތީނާއެކު ދިވެހިން' ޓެލެތޮން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު--ފޮޓޯ: ރައީސް އޮފީސް

ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން ޕީއެސްއެމުން ކުރިއަށް ގެންދިޔަ ތެލެތޯންނަށް ފައިސާ ހަދިޔާ ކުރުމުގެ ވަގުތު އިތުރުކޮށްފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކުރިއަށް ގެންދިޔަ ޤައުމީ މި ތެލެތޯން އިއްޔެ ކުރިއަށް ގެންދިއުމަށް ނިންމައިފައި ވަނީ، ހެނދުނު 08:00ން 12:00 ގެ ނިޔަލަށެވެ. އެހެން ނަމަވެސް މިހާރު ވަނީ ތެލެތޯނަށް ފައިސާ ހަދިޔާ ކުރުމުގެ ވަގުތު ވަނީ 06:00އި ހަމައަށް އިތުރު ކޮށްފައެވެ.

ރޭ 12:00 ޖެހުމާއި ހަމައަށް މި ތެލެތޯނަށް ވަނީ ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައެވެ.

މި ޓެލެތޯނަށް ހާއްސަ ދެ އެކައުންޓް އެކައުންޓް ނަމްބަރަށް ފައިސާ ވެސް ޓްރާންސްފާ ކުރެވޭނެ އެވެ. އެގޮތުން ރުފިޔާ އާއި ޑޮލަރުން ވެސް ފައިސާ ހަދިޔާކުރެވޭނެ އެވެ. ރުފިޔާ އިން ޖަމާކުރާނީ 7730000655865 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ މި 7730000655866 އެކައުންޓަށެވެ.

މި ޓެލެތޯނަށް އާންމުންގެ އިތުރުން ގިނަ އަދަދެއްގެ ސަރުކާރު ކުންފުނިތަކުން ވެސް ވަނީ ފައިސާ ހަދިޔާކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-