-Advertisement-

-Advertisement-

ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފި

ބަޔަކު މަސްބާނަނީ --

ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

މިކަން ހާމަކޮށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އެކްސްގައި ކުރި އިއުލާނުގައި ބުނެފައިވަނީ، މަސްވެރިންނަށް ވިއްކަމުން އައި ޑީސެލްގެ އަގު ތެޔޮ ޝެޑުތަކުން ވިއްކާ އަގާއި އެއް ހަމަކޮށް ހެޔޮކޮށްފައި ވާނެ ކަމަށެވެ.

އަދި އެ ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ފުއްދެވުމަށް އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އެޅި ފިޔަވަޅެއް ކަމަށްވެސް އެ ޕޯސްޓްގައި ވަނީ ބުނެފައެވެ.

ތެލުގެ އަގަށް ގެނެވުނު އައު ބަދަލުތަކުގެ އިތުރު ތަފްސީލެއް އެ ވުޒާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިހާރުވެސް މިފްކޯގެ މަސް ކާރުޚާނާތައް ހުންނަ ރަށްރަށުން މަސްވެރިންނަށް ޑީސެލް ފޯރުކޮށްދެމުން ދަނީ ޚާއްސަ އަގެއްގައެވެ. މީގެ ދެ ހަފްތާ ކުރިން އެސްޓީއޯއިން ވެސް ވަނީ ތެލުގެ އަގު ހެޔޮކޮށްފައެވެ.

އެސްޓީއޯއިން އެންމެ ފަހުން ވަނީ ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ވަނީ ކުޑަކޮށްފައެވެ. މި ބަދަލާއިއެކީ ޕެޓްރޯލް ލީޓަރެއް 12.98 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 13.92 ރުފިޔާއަށް ލިބޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-