-Advertisement-

-Advertisement-

ޙައްޖަށް ގޮސް އުޅުނު ދިވެއްސެއް ނިޔާވެއްޖެ

ރާއްޖެއިން ޙައްޖަށް ގޮސް އުޅޠ ޙައްޖާޖީން

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ ޙައްޖާޖީޢެއް ނިޔާވެއްޖެއެވެ.

މިކަން ހާމަކޮށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ، ހައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް ދިޔަ ދިވެހި ހާޖީއެއްކަމުގައިވާ  ރ. ހުޅުދުއްފާރު، އުމުރުން 80 އަހަރުގެ ފާޠިމަތު ޙަފީޒާ ރޭގެ ވަގުތެއްގައި ނިޔާވެފައިވާކަމަށެވެ.

ހަފީޒާގެ މައްޗަށް ކަށު ނަމާދު ކުރުން މަސްޖިދުލް ޙަރާމްގައި އޮންނާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށް ފުރި މީހުންގެ ފުރަތަމަ ގްރޫޕްގައި، މިދިޔަ މަހުގެ 31 ގައި ފުރީ 298 މީހުންނެވެ. ދެވަނަ ގްރޫޕްގައި މި މަހު ތިން ވަނަ ދުވަހު 353 މީހުން ފުރި އިރު، ތިންވަނަ ގްރޫޕުން ދިޔަ 339 މީހުން ފުރީ މިދިޔަ ހުކުރު ދުވަހުއެވެ. ރާއްޖެއަށް އިތުރަށް ލިބުނު ކޯޓާގައި 150 މީހުން މިދިޔަ ހޯމަދުވަހު ވަނީ ފުރައިފައެވެ.

މި އަހަރު ރާއްޖެއިން ޖުމުލަ 1150މީހަކު ވަނީ ޙައްޖަށް ގޮއްސައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-