ކުރިއަށް މި އޮތް އަޟްޙާ ޢީދު ބަންދުގައިވެސް އާސަންދަ ކައުންޓަރުތަކުން ޚިދުމަތް ލިބޭނެކަމުގައި އެ ކުންފުނިން ބުނެފިއެވެ.
އެގޮތުން އާސަންދަ ކުންފުނިން ބުނެފައިވަނީ، ޢީދުބަންދުގައި އާސަންދަ ކައުންޓަރުތަކަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި އާސަންދަ މޯބައިލް އެޕާއި މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ވެސް ފަސޭހަކަމާއި އެކު އެޕްލައި ކުރެވޭނެ ކަމަށެވެ.
އަދި އާސަންދަ އާއި ގުޅިގެން އިތުރު މަޢުލުމާތެއް ސާފުކުރަން ބޭނުންވާ ނަމަ އާސަންދައިގެ ހޮޓްލައިން، 1400 އަށް ކޮންމެ އިރަކު ވެސް ގުޅައިގެން މައުލޫމާތު ލިބޭނެ ކަމުގައި އާސަންދައިން ބުނެއެވެ.
16 ޖޫން އިން 20 ޖޫންއަށް އާސަންދަ ކައުންޓަރުތައް ހުޅުވިފައި ހުންނާނެ ގަޑިތައް:
- އާސަންދަ ފްރަންޓް އޮފީސް: (ފެން ބިލްޑިން 3 ވަނަ ފަންގިފިލާ- ބަންދު
- އައިޖީއެމްއެޗް ކައުންޓަރު: ހެނދުނު 08:00 އިން 00:00 އަށް
- ޓްރީޓޮޕް އަދި އޭޑީކޭ ކައުންޓަރު: މެންދުރުފަހު 14:00 އިން ރޭގަނޑު 22:00 އަށް
- އައްޑޫ ހޮސްޕިޓަލް، ކުޅުދުއްފުށީ ހޮސްޕިޓަލް އަދި ފ. އަތޮޅު ހޮސްޕިޓަލް ކައުންޓައު: ހެނދުނު 08:00 އިން ހަވީރު 16:00 އަށް
17 އަދި 18 ޖޫންގައި އާސަންދަ ކައުންޓަރުތައް ހުޅުވިފައި ހުންނާނެ ގަޑިތައް:
- ހުޅުމާލޭ ހޮސްޕިޓަލް ކައުންޓަރު: ހެނދުނު 08:00 އިން ހަވީރު 16:00 އަށްމިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުން، އެ ދުވަސްތަކުގައި އާސަންދަ ފްރަންޓް އޮފީސް ކައުންޓަރުތައް ބަންދުވާނެ ކަމަށާއި ނަމަވެސް އެހެން ތަންތަނުގައި ހުންނަ ކައުންޓަރުތަކުން ހިދުމަތްދޭނެ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.