-Advertisement-

-Advertisement-

މި އަހަރުގެ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި މާލެ ސަރަޙައްދުގެ 6 ތަނެއްގައި ކުރާނެ

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ ތެރެއިން. ފޮޓޯ: މިހާރު

މޫސުން ތަންދޭނަމަ މި އަހަރުގެ ބޮޑު ޢީދު ނަމާދު މާލެ ސަރަހައްދުގެ 6 ތަނެއްގައި ބޮޑު ޖަމާޢަތުގައި ކުރާނެ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އަޟްހާ އީދުގެ ހަރަކާތްތަށް ކުރިއަށްދާގޮތް ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވުޒާރާއިން ވިދާޅުވީ، މާލެ ސަރަޙައްދުގެ 28 މިސްކިތެއްގެ އިތުރުން މާލެ ސަރަހައްދުގެ 6 ތަނެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުން ކުރިއަށްދާނެ ކަމަށެވެ.

މި އަހަރުގެ ބޮޑު ޖަމާޢަތުގައި މާލެ ސަރަޙައްދުގައި ޢިދު ނަމާދު ކުރާ ތަންތަން:

  • އިސްލާމީ މަރުކަޒު
  • ކިންގ ސަލްމާން މިސްކިތް
  • މާފަންނު ސްޓޭޑިއަމް
  • ވިލިމާލޭ ބޯލަދަނޑު
  • ހުޅުމާލެ ފުރަތަމަ ފިޔަވެހި
  • ހުޅުމާލެ ދެވަނަ ފިޔަވެހި

މީގެ އިތުރުން އެ ވުޒާރާއިން ބުނީ، ބޮޑު ޖަމާއަތުގައި ނަމާދު ކުރުމަށް ކުރަންޖެހޭ ހުރިހާ އިންތިޒާމުތައް އެ ވުޒާރާގެ ބެލުމުގެ ދަށުން ހަމަޖައްސައި ނިންމައިފައި ވާކަމަށާއި، ވާރޭ ވެހިއްޖެ ހާލަތެއްގައި މާލޭގެ ހުކުރު ނަމާދު ކުރާ ބޮޑެތި މިސްކިތްތަކަށް ޖަމާއަތް ބަދަލުވެގެންދާނެ ކަމަށެވެ.

ހަމަ އެޔާއެކު ނަމާދަށް އަންނަ ފަރާތްތަކުން އަމިއްލަ ފެންފުޅި އާއި މުސައްލަ ހިފައިގެން އައުމަށާއި ގެއިން ވުޟޫކޮށްގެން އައުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިނިސްޓްރީގެ ފަރާތުން ވެސް ގޮނޑީގައި ނަމާދު ކުރާ ފަރާތްތަކަށް ގޮނޑި ދޭނެ ކަމަށާއި ނަމަވެސް އަމިއްލަ އަތުގައި ގޮނޑި ހުރެއްޖެ ނަމަ ހިފައިގެން އައުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-