-Advertisement-

-Advertisement-

ބިދޭސީންގެ މަޢުލޫމާތު އެއްކުރާ އޮޕަރޭޝަން “ކުރަނގި”، ކ މާފުށީގައި ފަށައިފި

ހޯމް މިނިސްޓްރީގެ އޮފިޝަލުން ބިދޭސީންގެ މައުލޫމާތު ނަގަނީ- ފޮޓޯ; ހޯމް މިނިސްޓްރީ

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ސަރުކާރުން ހިފައިފައިވާ އަމާޒުގެ ދަށުން ހިންގަން ފެށި އޮޕަރޭޝަން “ކުރަނގި” މިއަދު ކ. މާފުށީގައި ފަށައިފިއެވެ.

އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި އޮޕަރޭޝަން އެންމެ ފުރަތަމަ ފަށައިފައިވަނީ، މިދިޔަ މަހު ކ ހިންމަފުށީގައެވެ.

އެގޮތުން އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް ނިންމާފައިވާކަމަށް ހޯމް މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން މި އޮޕަރޭޝަންގައި މިހާތަނަށް 705 ބިދޭސީންގެ މައުލޫމާތު  އެއްކުރެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

އޭގެ ތެރޭގައި ހިމެނެނީ ހިންމަފުށީގައި ދިރިއުޅޭ 532 ބިދޭސީންނެވެ.

ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި އިމިގްރޭޝަނާއި ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކުރިއަށްގެންދާ “އޮޕަރޭޝަން ކުރަނގި” ރާއްޖޭގެ އާބާދީ ބޮޑު 5 ސަރަހައްދެއްގައި ކުރިއަށް ގެންދިޔުމަށް އެ މިނިސްޓްރީން ނިންމާފައިވެއެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-