އައިމަން މަރުވެފައި އޮށްވާ ފެނުނު މ. ރަބީއުވިލާގޭގެ ޓިނު ނައްޓާލައިގެން ބަޔަކު އެގެއަށް ވަދެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ފުލުހުން ބުނެފައިވަނީ މ. ރަބީއުވިލާގޭގައި މަރުވެފައި އޮއްވާ ފެނުނ މއ. ބޯޅަކިންކިރިމާގެ، އަހްމަދު އައިމަން (30އ) އެންމެފަހުން ފެނިފައިވަނީ މެއި 18 ވަނަ ދުވަހުގެ ދަންވަރު ކަމަށެވެ.
މެއި 26 ގައި އޭނާގެ ހަށިގަނޑު އޮޓޮޕްސީ ހަދަން ފޮނުވާފައިވާފައިވާ ކަމަށާއި އޭނާގެ ހަށިގަނޑުގައި ޖިސްމާނީ އަނިޔާއެއް ނެތް ކަމަށާއި ދާއިމީ ނަތީޖާ އަދި ނުލިބޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މެއި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހު 2:20 ހާއިރު ފުލުހުންނަށް ފަޅަށް ހުރި ރަބީއުވިލާގޭ ތިރީ ފަންގިފިލާގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބުނު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ހުސްވި މެއިމަހު ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގެ ތެރެއިން މަރުވެފައި އޮއްވާ އަދި އޭގެ ދެ ދުވަސް ފަހުން، ހުޅުމާލޭގައި ޕާކްކޮށްފައިވާ އުޅަނދެއްގެ ތެރޭގައި ބިދޭސިއަކު މަރުވެފައި އޮއްވާވެސް ފެނިފައިވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އުޅަނދެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ މަރުގައި ޝައްކުކުރެވޭ ކަމެއް ނެތެވެ.