-Advertisement-

-Advertisement-

އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފި

ފޮޓޯ: ހަމަ ނޫސް

އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

މި އަހަރުގެ އަޟްހާ އީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ވަނީ އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ހަމަޖައްސާފައެވެ.

އެހެންނަމަވެސް އެމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތާއި ބެހޭ ބައި (ތައިސޭކޮށި، މާލެ) އިން ދޫކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ މާދަމާ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 11:00އަށް ދޫކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ހޮނިހިރު ދުވަހު ސްޓިކާ ދޫކުރާނީ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަދި ރޭގަނޑު 9:00 އިން 11:00 އަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ގްރޭޓާ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި އީދު ދުވަހުގެ ހަވީރު އިންޖީނުލީ އުޅަނދު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-