-Advertisement-

-Advertisement-

އޮލިމްޕިކް ގޭމްސްގައި އިސްރާއީލަށް ވާދަނުކުރެވޭ ގޮތަށް ހަމަޖެއްސުމަށް ގޮވާލާ ސްވިޒަލޭންޑްގައި މުޒާހަރާއެއް

ފޮޓޯ: މިޑްލް އީސްޓް މޮނިޓާ

މި އަހަރުގެ އޮލިމްޕިކް ގޭމްސްގައި އިސްރާއީލަށް ވާދަނުކުރެވޭ ގޮތަށް ހަމަޖެއްސުމަށް ގޮވާލާ ސްވިޒަލޭންޑްގެ ރައްޔިތުން މުޒާހަރާކޮށްފިއެވެ.

މި މުޒާހަރާ ކުރިއަށް ގެންގޮސްފައި ވަނީ ސްވިޒަލޭންޑުގެ ލޯޒާންގައި ހުންނަ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ އިދާރާގެ ކުރިމަތީގައެވެ. މި މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަހައްދުގައި އިސްރާއީލާ ދެކޮޅަށް ލިޔުން ލިޔެފައިވާ ބެނާއެއްވެސް އުފުލާފައެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި 2022 ވަނަ އަހަރު ފެށި ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން އޮލިމްޕިކްސްއިން ރަޝިޔާއާއި ބެލަރޫސް ބޭރު ކޮށްލުމަށް ކޮމިޓީއަށް ނެގީ މަދު ދުވަސްކޮޅެކެވެ. އެހެންކަމުން އިޒްރާއީލާ މެދު ވެސް އެ ފަދަ ފިޔަވަޅެއް އެޅުމަށް ބައިވެރިން ގޮވާލާފައިވެއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އިސްރާއީލަކީ ކުށްކުރާ ގައުމެއް ކަމަށާއި އެ ގައުމުގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ހައްޔަރުކުރުމަށް އަމުރު ނެރެފައިވާ އޮފިޝަލުން އެބަތިބިކަމަށް ވެސް ބުނެފައެވެ.

މިއަހަރުގެ އޮލިމްޕިކް ގޭމްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި އަންނަ ޖުލައި މަހުގެ 26 އިން އޮގަސްޓް 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-