-Advertisement-

-Advertisement-

ދުވާރު މަތީ ޕާކު ކުރުން ހުއްޓުވުމަށް ބޮލާޑް ޖަހަނީ

ސަލްޓަންޕާކު ކުރިމަތީގައި އޮންނަ ދުވާރުމަތީ ބޮލާޑް ޖެހުމުގެ މަސައްކަތް ކުރިއަށް ދަނީ. ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭގެ މަގުތަކުގެ ދުވާރުތަކުގެ މަތީގައި 4 ފުރޮޅުލީ އުޅަނދު ޕާކު ކުރުމުގެ މައްސަލަ ބޮޑުވެފައިވާތީ އެ މައްސަލަ ހުއްޓުވުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ދުވާރުތަކުގައި ބޮލާޑް ޖަހަން ފަށައިފިއެވެ.

ގަވައިދާ ހިލާފަށް ޕާކް ކުރާ މައްސަލައަށް ހައްލެއް ހޯދުމަށާއި މަގުތައް ތަރުތީބު ކުރުމުގެ މަޤްޞަދުގައި މާލޭ ސިޓީ ކައުންސިލުން މި މަސައްކަތް ފަށާފައިވާކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް އިއްޔެ ވަނީ ނޫސްތަކަށް މައުލޫމާތު ދެއްވާފައެވެ.

ސަލްޓަންޕާކު ކުރިމަތީގައި އޮންނަ ދުވާރުމަތީ އަދި ލޮނުޒިޔާރަތް މަގުގައި ބޮލާޑް ޖެހުމުގެ މަސައްކަތް ކައުންސިލުން މިހާރު ގެންދަނީ ކުރަމުންނެވެ.

ދުވާރުމަތީގައި 4 ފުރޮޅުލީ އުޅަނދު ޕާކު ކުރުމުގެ ސަބަބުން އާންމުންނަށް ގިނަގުނަ ދަތިތަކާ ކުރިމަތިވުމަކީ ޒަމާންވީ މައްސަލައެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-