-Advertisement-

-Advertisement-

ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ފަޅު ރަށަކަށް އަރައިފި

ވެލިމާ ލޯންޗު ތ. ކިނބިދޫ ނެރު ފަސްގަނޑަށް އަރާފައި. ފޮޓޯ: ސޯޝަލް މީޑިއާ.

ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ފަޅު ރަށަކަށް އަރައި ބަޔަކަށް އަނިޔާވެއްޖެއެވެ.

އެ ލޯންޗު އެރީ ތ. ކިނބިދޫ ނެރު ފަސްގަނޑު ކިޔާ ރަށަކަށްކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

މި ލޯންޗްގައި ތިބި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުނުކަމަށް މައުލޫމާތު ލިބެއެވެ. އެ ވަގުތު ލޯންޗުގައި ތިބީ ޖުމްލަ ތިން މީހުން ކަމަށާއި އަނިޔާވި 2 މީހުންގެ ހާލަތު ސީރިއަސް ނޫންކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ ލޯންޗަކީ މާލެ އާއި ތ. އަތޮޅާ ދެމެދު ދަތުރުކުރާ ވެލިމާ ކިޔާ ލޯންޗެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-