1145 ވަނަ އަހަރުގެ ޙައްޖު ދުވަހުގެ ތަޙުނިޔާ ދިވެހި ރައްޔިތުންނާއި އިސްލާމީ މުޅި އުންމަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފުނުއްވައިފިއެވެ.
ޙައްޖު ދުވަހުގެ ތަޙުނިޔާ ފޮނުއްވައ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖު ދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި އެއް ދުވަސް ކަމުގައެވެ.
ވުމާއެކު، ﷲގެ ރުއްސެވުމާ، ފުއްސެވުމާ، މަދަދުން ފުރިގެންވާ މި ދުވަހުގެ ބާއްޖަވެރިކަން ދިވެހި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވާ ކަމުގައި އެ ޕޯސްޓްގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 1150 މީހުން ވަނީ މައްކާއަށް ގޮއްސައެވެ. އޭގެ ތެރޭގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް 50 ފަޤީރުންވެސް ވަނީ މި އަހަރު ޙައްޖަށް ފޮނުވައިފައެވެ.