-Advertisement-

-Advertisement-

ޔޫރޯ 2024: ޖަރުމަނުން ފުރަތަމަ މެޗުގައި ސްކޮޓްލެންޑް ލަދުގަންނަވާލައިފި

ސްކޮޓްލެންޑްގެ ރަޔަން ޕޯޓައިސްއަށްވަނީ ރަތް ކާޑެއް ދައްކާފައި. ފޮޓޯ: އޭޕީ

ރޭގައި ފެށި ޔޫރޯ 2024 މުބާރާތުގައި އަމިއްލަ ގައުމުގައި ކުޅޭ ޖަރުމަން ޓީމުން ބޮޑު ތަފާތަކުން ސްކޮޓްލެންޑް ބަލިކޮށް ލަދުގަންނަވާލައިފިއެވެ.

މުޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޖަރުމަން ޓީމުން މި މެޗް ކާމިޔާބު ކޮށްފައިވަނީ 5-1 ގެ ނަތީއްޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން 3 ގޯލު ޖަހާފައިވާއިރު އެ ހާފު ނިމެން އުޅެނިކޮށް ސްކޮޓްލެންޑްގެ ރަޔަން ޕޯޓައިސްއަށްވަނީ ރަތް ކާޑެއް ދައްކާފައެވެ. އެއް ކުޅުންތެރިޔަކު މަދުން ދެވަނަ ހާފު ކުޅުނު ސްކޮޓްލެންޑް އިން ދެވަނަ ހާފުގައި ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅު ކޮށްފައިވީ ނަމަވެސް, ޖަރުމަނުން އިތުރު 2 ގޯލު ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅާކޮށްފައިވެއެވެ.

ސްކޮޓްލެންޑަށް މި މެޗުން ކާމިޔާބު ކުރެވުނު ހަމައެކަނި ގޯލަކީ މެޗު ނިމެން ކައިރިވެފައިވަނިކޮށް ޖަރުމަނުގެ އެންތޮނީ ރުޑިގާ ބައިކޮޅަށް ޖެހި ގޯލެކެވެ. ޖަރުމަނުގެ ފަސް ގޯލު ކާމިޔާބު ކޮށްދީފައިވަނީ ވާޓްޒް, މުސިއާލާ, ކައި ހަވާޓްޒް, ފުލްކްރުޖްގެ އިތުރުން އެމްރެ ޗޭން އެވެ.

ޖަރުމަން ޓީމުން އެންމެ ފަހުން ޔޫރޯ މުބާރާތެއް ކާމިޔާބުކޮށްފައިވަނީ 1996 ވަނަ އަހަރުގައެވެ. ނަމަވެސް އަމިއްލަ ގައުމުގައި މިފަހަރު މުބާރާތް ކުޅެންޖެހިފައިވުމުން އެޓީމަކީ މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެކަމަށް ގިނަބަޔަކު ގަބޫލުކުރާ ޓީމެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-