-Advertisement-

-Advertisement-

ތ. ކިނބިދޫ ނެރު ކައިރީގައި އޮންނަ ކުޑަ ރަށަށް އެރި ލޯންޗު އަދިވެސް ފުން ނުކުރެވޭ

ފޮޓޯ: ސޯޝަލްމީޑިއާ

ތ. ކިނބިދޫ ނެރު ކައިރީގައި އޮންނަ ކުޑަ ރަށަށް ކޮންޓްރޯލް ނުވެގެން ގޮސް އެރި ލޯންޗު އަދިވެސް ފުން ނުކުރެވެއެވެ.

ކިނބިދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި އެ ހާދިސާގައި އަނިޔާވޯ ލޯންޗުން ދަތުރު ކުރި ތިން މީހުންގެ ތެރެއިން ދެ މީހަކަށެވެ. އަދި އަނިޔާވި މީހުންނަށް ފަރުވާދެމުންދާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ.

‘ވެލިމާ’ ނަމަކަށް ކިޔާ ލޯންޗެއް ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ކޮންޓްރޯލްނުވެ ކިނބިދޫ ކައިރީ އޮންނަ ކުޑަ ރަށަށް އިއްޔެ ހަވީރު އަރާފައިވާއިރު، އެ ލޯންޗު އެ ރަށަށް އަރައި ހިކިފައި އޮތް މަންޒަރު ފެންނަ ފޮޓޯތައް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސައިން އާ ހަވާލާދީ ސަންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހާދިސާގައި އަނިޔާވި މީހާގެ ހާލު މިހާރު ރަނގަޅެވެ. އަދި އެ މީހާއަށް އަނިޔާވީ ލޯންޗު ގޮސް އެ ރަށަށް އެރި ވަގުތު އޭނާގެ ކޮނޑަށެވެ.

ލޯންޗު އަރާފައި އޮތް ގޮތުން ލޯންޗު އަދިވެސް ފުންނުކުރެވޭ އިރު ލޯންޗު އޮތް ސަރަހައްދަށް މީހުންނަށް ވަދެވޭގޮތަށް ސާފުކޮށް، އެ ފުންކުރެވޭތޯ އެ ރަށު މީހުން މަސައްކަތްކުރަމުން އަންނަ ކަމަށް ކިނބިދޫ ކައުންސިލް ރައީސް ވިދާޅުވިއެވެ.

ލޯންޗްގެ ހާލަތު ބަޔާންކުރަމުން އަލީ ހުސައިން ވިދާޅުވީ، ލޯންޗު އަރާފައި އޮތްއިރު ލޯންޗުގެ ބަނޑުފިލާ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި ލޯންޗަށް އެ ނޫން ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން ލޯންޗުގެ ވެރިފަރާތުން އެދޭގޮތަށް އެ ފުންކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-