-Advertisement-

-Advertisement-

އައްޑޫ ސިޓީގެ އާންމު ތަންތަނާއި މަގުތަކުގައި ފެނާއި ކުލަ ޖެހުމަކީ މަނާ: ކައުންސިލް

ފޮޓޯ: މިހާރު

އަޟްޙާ އީދާ ދިމާކޮށް އައްޑޫ ސިޓީގެ އާންމު ތަންތަނާއި މަގުތަކުގައި އާންމުންނަށް އުނދަގޫވާނެހެން ފެނާއި ކުލަ ޖެހުމަކީ މަނާ ކަމެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ

އީދުގައި އަންމުންނަށް އުންދަގޫވާ ގޮތަށް އާންމު ތަންތަނުގައި ކުލަ ޖެހުމާއި ފެން ޖަހާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ.

އެކައުންސިލުން އާންމުކޮށްފައިވާ އިއުލާންގައި މިފަދައިން ބަޔާންކޮށްފައިވީ ނަމަވެސް އީދު އުފާ ފާޅުކުރުމުގެ ގޮތުން ކުލަ އަދި ޖެހުން އެކައުންސިލުން މުޅިން މަނާކޮށްފައެއް ނުވެއެވެ. އެގޮތުން އެފަދަ ހަރަކާތްތައް ހިންގަން ބޭނުންވާ ނަމަ ކައުންސިލްގެ ހުއްދަ ލިބިގެން ކަނޑައެޅޭ ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގުމަށް ހުއްދަ ދެވޭނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މާދަމާ އަކީ އަޟްހާ އީދު ދުވަހަށްވާއިރު، ގިނަ ބަޔަކު ދަނީ އީދު އުފާ ފާޅު ކުރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އީދު ފާހަގަ ކުރުމުގެ ގޮތުން ކުލަ އާއި ފެން ޖަހާއިރު، މިއީ މިކަމުގެ ސަބަބުން ބައެއް މީހުންނަށް އުނދަގޫވާ ކަމެކެވެ. އެހެންކަމުން އީދު އުފާ ފާޅު ކުރުމުގައި އެހެން މީހުންނަށް އުނދަގޫ ނުވާނޭ ފަދައިން އެކަން ކުރުމަށް އެންމެންވެސް ސަމާލުވާން ޖެހޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-