-Advertisement-

-Advertisement-

މާލެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކެއް ޓޯކޮށްފި

ފުލުހުން ސައިކަލުގައި ސްޓކާ ޖަހަނީ. ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލެ ސަރަހައްދުގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ 4 ފުރޮޅުލީ އުޅަނދުތަކެއް ފުލުހުން ޓޯކޮށްފި އެވެ.

މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އާއްމުންނަށް އުނދަގޫވާ ގޮތަށް ޕާކުރާ ވެހިކަލްތައް ފުލުހުން ޓޯކުރަން ފަށާފައިވާއިރު ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެކަނި 163 އުޅަނދެއް ވަނީ ޓޯ ކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާކޮށްޓާ ހިސާބުން ފެށިގެން ފަތާ ޓްރެކާ ހަމައަށް ހުސްކޮށް 84 އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން  ބުނެފައިވެއެވެ.

މީގެއިތުރުން އަމީނީ މަގު ދަރުބާރުގެ އާއި ހިސާބުން ފެށިގެން ބޮޑުތަކުރުފާނުމަގު އައިޖީއެމްއެޗް އާއި ހަމައަށް އަދި ބޮޑުތަކުރުފާނުމަގު ސެނެހިޔާއާއި ހިސާބުން ފެށިގެން މާގިރި ހޮޓާ އަދި އިއްޒުއްދީން މަގު ބަސް ސްޓޮޕް ހިމެނޭހެން 79 އުޅަނދު ޓޯކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެގޮތުން އިއްޒުދީން މަގުން ނަގާފައިވާ އުޅަނދުތަކުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށް ހުރި އުޅަނދުތައްވެސް ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި ދިމޭވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، ގަވައިދާ ހިލާފަށް މައިގަނޑު 6 ސަރަހައްދެއްގައި ޕާކްކުރޭތޯ ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން އެސަރަހައްދުތަކަކީ މާލެ ބޭރު މަގު، އަމީނީ މަގު އަދި މަޖީދީ މަގު ފަދަ ބަސް ދަތުރުކުރާ މަގުތަކާއި ސްކޫލު އޭރިއާ، މިސްކިތްތައް އަދި ސަރުކާރު އޮފީސްތައް ހިމެނޭ ސަރަހައްދުތަކުގެ އިތުރުން ހޮސްޕިޓަލުތައް ހިމެނޭ ސަރަހައްދުތައް ހިމެނެއެވެ.

ފުލުހުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ހިނގަން ހާއްސަކޮށްފައިވާ ޕޭމެންޓުގައި 4 ފުރޮޅުލީ އުޅަނދު ޕާކުކޮށްފައި ހުންނަ ކަމަށާއި އެކަމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-