-Advertisement-

-Advertisement-

ހިއްސާއަށް 80 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް އެސްޓިއޯއިން ނިންމައިފި

ފޮޓޯ: އޭއޯ ނިއުޒް

ހިއްސާއަށް 80 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ނިންމައިފިއެވެ.

އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ (އަށްޑިހަ ރުފިޔާ) ބަހަން ހުށަހެޅުމަށް، 15 ޖޫން 2024 ވީ ހޮނިހިރު ދުވަހު ބޭއްވުނު 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެސްޓިއޯއިން ބުނެފައިވާ ގޮތުގައި މި އަދަދު ފާސް ކޮށްދިނުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާނެ ކަމަށާއި އެ އަދަދު ބަހާނީ އަހަރީ އާންމު ޖަލްސާއިން ފާސްވުމަށްފަހުއެވެ.

މި މަހުގެ 8 ވަނަ ދުވަހު އެސްޓީއޯއިން އެ ކުންފުނީގެ ކަންތައްތަކާ މެދު މަޝްވަރާކުރުމަށް ހިއްސާދާރުންނާއެކު ނުރަސްމީ ބައްދަލުވުމެއް ބާއްވާފައިވެއެވެ. އަދި ރަޖިސްޓަރީކުރާ ތާރީހާ ހަމައަށް އުމުރުން 16 ފުރިފައިވާ ހިއްސާދާރުން މި ބައްދަލުވުމުގައި ބައިވެރިވެފައިވާއިރު، މިއީ ހިއްސާދާރުންނާއެކު ބޭއްވި ނުރަސްމީ ބައްދަލުވުމެއް ކަމަށް ވުމާއެކު މި ބައްދަލުވުމަށް ޕްރޮކްސީ އައްޔަން ކުރުމެއް ނެތެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ ޖުމްލަ އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު. މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލައިއިރު 12 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެސްޓިއޯއިން ބުނެފައިވާ ގޮތުގައި އެކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅު ވެފައިވުމުންނެވެ.

މިއާއިއެކު އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 617 މިލިއަން ރުފިޔާ ލިބިފައި ކަމަށް އެކުންފުނިން ބުނެފައިވެއެވެ. މިއީ މީގެ ކުރީ ކުއާޓަރާ އާއި އަޅާ ބަލާ އިރު 18 ޕަސެންޓްގެ ކުރިއެރުމެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-