-Advertisement-

-Advertisement-

ޔޫރޯ 2024: ސްޕެއިން 3-0 ކޮރޭޝިއާ

ސްޕެއިން – ކޮރޭޝިއާ މެޗްގެ މޭން އޮފް ދި މެޗް ފަބިއަން ރޫއިޒް

ޔޫރޯ 2024 މުބާރާތުގައި އެޓީމުން ކުޅޭ ފުރަތަމަ މެޗުގައި ޔޫރަޕުގެ ގަދަބާރެއް ކަމަށްވާ ސްޕެއިން އިން ކޮރޭޝިއާ ފަސޭހަކަމާއެކު ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިރޭ ކުޅުން ގްރޫޕް ބީ ގެ ފުރަތަމަ މެޗުން ސްޕެއިން 3-0 ގެ ނަތީއްޖާއަކުން މޮޅުވެފައިވާއިރު, މި މުބާރާތުގެ ތާރީޚުގައިވެސް ކުޅުން އެންމެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްވަނީ ރަނގަޅު ކުޅުމެއް ދައްކައި މެޗުގެ މޭން އޮފް ދަ މެޗް ހޯދާފައެވެ.

ސްޕެއިން އިން މެޗުގެ ތިން ގޯލުވެސް ޖަހައިފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. މި ގޯލުތައް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަލްވާރޯ މޮރާޓާ, ރުއިޒް ޕެނާގެ އިތުރުން ރެއާލް މެޑްރިޑަށް ކުޅޭ ކާވަހާލްއެވެ.

38 އަހަރުގެ ލޫކާ މޮޑްރިޗްގެ ކެޕްޓަން ކަމުގެ ދަށުން ކުޅުނު ކޮރޭޝިއާ ޓީމަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިފައިވަނީ އެޓީމުންކަން ފާހަނގަ ކޮށްލެވެއެވެ. އެހެން ނަމަވެސް އެޓީމުން އުފައްދައިދިން ރަނގަޅު ފުރުސަތު ތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފާފައި ނުވެއެވެ.

މިރޭގައި ކުޅުނު ގްރޫޕް އޭގެ ދެވަނަ މެޗުގައި ސިވިޒަލެންޑުން ވަނީ ހަންގެރީ 3-1 ގެ ނަތީއްޖާއަކުން ބަލިކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-