-Advertisement-

-Advertisement-

އަޟްހާ އީދު ވިލޭރޭ މާލޭގެ ދަރުބާރުގެ ކައިރީގައި ހިނގި މާރާމާރީ އާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި

ފޮޓޯ: މިނިވަން

އަޟްހާ އީދު ވިލޭރޭ މާލޭގެ ދަރުބާރުގެ ކައިރީގައި ހިނގި މާރާމާރީ އާއި ގުޅިގެން މިހާތަނަށް ހަތަރު މީހުން ހައްޔަރު ކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ވަނީ ރޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މިއަދުވެސް އިތުރު ދެމީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރޭ 22:30 ހާއިރު، ދަރުބާރުގެ ކައިރީގައި މަރާމާރީއެއް ހިނގައި މީހަކު ޒަހަމްކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިހާދިސާގައި އަނިޔާވި މިހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މީހުންނަށް ޖިސްމާނީ ހަމަލާ ދިނުމުގެ 313 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާއިރު، ހޯމް މިނިސްޓަރު އިޙްސާން  ވަނީ، ރާއްޖެއަކީ ގޭންގު ހަދައިގެން ކުށް ކުރަމުންދާ ވެށްޓެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށްދިނުމަށް، ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-