-Advertisement-

-Advertisement-

މާލޭގައި އިތުރު މާރާމާރީއެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

ފޮޓޯ: ރަސްއޮންލައިން

މިއަދު މާލޭގައި އިތުރު މާރާމާރީއެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

މިއަދު މެންދުރު 12:45 ހާއިރު މާލެ ޝަހީދު އަލީ މިސްކިތް ކައިރީގައި މާރާމާރީއެއް ހިނގައި ދެމީހަކަށް އަނިޔާވެ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިއަދު 12:45 ހާއިރު ޝަހީދު އަލީ މިސްކިތް ކައިރީގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެ ދެމީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ.

މިއަދު މެންދުރު މާރާމަރީއެއް ހިނގާފައިވާއިރު، ރޭގައިވެސް ވަނީ މާލޭގެ ދަރުބާރުގޭގެ ސަރަހައްދުގައި މާރާމާރީއެއް ހިނގައިފައެވެ. މިމައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. މި ދެމައްސަލަ މިހާރު ފުލުހުން ތަޙުގީގު ކުރަމުންދާއިރު މިދެމައްސަލަ އާއި ގުޅިގެންވެސް އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-