-Advertisement-

-Advertisement-

އަޟްހާ ޢީދުގެ ތަހުނިޔާ އިންޑިއާގެ ބޮޑުވަޒީރު މޯދީ ރައީސް ޑރ. މުޢިއްޒުއަށް ފޮނުއްވައިފި

ސީއޯޕީ28 ކޮންފްރެންސްގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ރައީސް ޑރ. މުޢިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އެޓޯލް ޓައިމްސް

އަޟްހާ ޢީދުގެ ތަހުނިޔާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފޮނުއްވައިފިއެވެ.

މިއަދު ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބަރަކާތްތެރި އަޟްހާ ޢީދުގެ މުނާސަބަތުގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި ދިވެހި ސަރުކާރާއި ރައްޔިތުންނަށް ވެސް ތަހުނިޔާ ދަންނަވައި ހެޔޮ އެދުންތައް ފޮނުއްވާފައިވާ ކަމަށް ބުނެފައިވެއެވެ.

ޢީދު ދުވަހު ހަނދާނަށް ގެނެސްދެނީ އަޅުގަނޑުމެން އެންމެން އުއްމީދުކުރާ ސުލްހަވެރި ދުނިޔެއެއް ބިނާކުރުމަށް ބޭނުންތެރި އެއްބައިވަންތަކަން ކަމަށް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެއާއެކު އިންޑިއާގެ ބޮޑުވަޒީރު މޯދީގެ މެސެޖުގައި އަޟްހާ އީދަކީ އިންޑިއާގައި އޮތް ތަފާތު ސަގާފަތްތައް ހިމެނޭ ތަރިކައިގެ ތެރެއިން ފޯރިއާއި އުފާވެރިކަމާއެކު ފާހަގަކުރެވޭ ދުވަހެއްކަމަށް ވިދާޅުވެފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-