-Advertisement-

-Advertisement-

މާރާމާރީ ހިންގި މީހަކު ފިލަން އުޅުމުގެ ތެރޭގައި ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށްފަހު ފިލާއިފި

ފޮޓޯ: ރަސްއޮންަލައިން

ހުޅުމާލޭގައި މާރާމާރީއެއް ހިންގި މީހަކު ފިލަން އުޅުމުގެ ތެރޭގައި ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށްފަހު ފިލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލެ ފިލިގަސް މަގުގައި މާރާމާރީއެއް ހިނގާކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު ފަތިހު 4:07 ހާއިރު ލިބުމުން މާރާމާރީ ހިންގި ސަރަހައްދަށް ފުލުހުން ގޮސްފައިވާ ކަމަށާއި ފުލުހުން ދިއުމުން މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރާ، ފިލުމަށް މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެތަނަށް ދިޔަ ފުލުހުން ކާރު ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށްފަހު އެމީހާ ފިލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި މާރާމާރީގައި އަނިޔާވި މީހާ އާއި ފުލުސް މީހާއަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާއިރު މިމައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި އިއްޔެ އާއި މިއަދު ތިން މާރާމާރީއެއް ހިންގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު، މި މާރާމާރީތަކާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-