-Advertisement-

-Advertisement-

މާލޭ ދެކުނު ފަރާތު ބަނދަރު ސަރަހައްދަށް ކުނި އަޅަމުންދާތީ ދެކުނު ފަރާތު ބަނދަރު ސަރަހައްދު ފެންސު ޖަހައި ބަންދުކޮށްފި

ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭ ދެކުނު ފަރާތު ބަނދަރު ސަރަހައްދަށް ކުނި އަޅަމުންދާތީ މާލޭ ދެކުނު ފަރާތު ބަނދަރު ސަރަހައްދު ފެންސު ޖަހައި ބަންދުކޮށްފިއެވެ.

އިއްޔެ މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން މި ސަރަހައްދު ބަންދުކޮށްފައިވާއިރު މާލެ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މާލޭ ދެކުނު ފަރާތު ބަނދަރު ސަރަހައްދަށް ބަންދުކޮށްފައިވަނީ އެ ސަރަހައްދަށް ކުނި އަޅަމުންދާތީވެއެވެ.

އެކައުންސިލުން ބުނެފައިވާ ގޮތުގައި މާލެއަކީ ސާފުތާހިރު ރީތި ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެއެވެ.

މާލެތެރެ ސާފުތާހިރު ތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވެމްކޯ އާއި ގުޅިގެން މާލެތެރެ ސާފުކުރުމަށް ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ގަވައިދާ ހިލާފަށް މަގުމައްޗަށާ ކުނި އެޅުން މަނާ ސަރަހައްދުތަކަށް ކުނި އަޅާ މީހުން ހޯދާ އެ މީހުން ޖޫރިމަނާ ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މާލެ ސިޓީ އަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި އެއްވެސް ވަރަކަށް މާލެއަށް ކުނި ނޭޅުމަށް އަޒުމް ކަނޑައަޅަންޖެހޭކަމަށް މީގެ ކުރިން މާލެ ސިޓީ މޭޔަރު އާދަމް އާޒިމްވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މާލެސިޓީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި ގަދަބާރުން އެއްވެސް ކަމެއް ހައްލެއް ނުވާނެ ކަމަށް ވެސް ވަނީ އާޒިމް ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-