-Advertisement-

-Advertisement-

ދަރުބާރުގެ ކައިރީގައި ހިނގި މާރާމާރީ: ތަހުގީގު ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

ފޮޓޯ: އައްޑޫ ލައިވް

ދަރުބާރުގެ ކައިރީގައި ރޭ މާރާމާރީއެއް ހިނގުމާއި ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުންގެ ތަހުގީގު ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މާލޭ އަމީނީ މަގުން ދަރުބާރުގެ ކައިރީ މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ރޭ 22:30 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ ހާދިސާގައި އެކަކަށް އަނިޔާ ލިބި ޒަޚަމުކޮށްލައިފައިވާ ކަމަށެވެ. އަނިޔާވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށާއި ފަރުވާ ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހުން ތަޙުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، ފުރަތަމަ މިމައްސަލަ އާއި ގުޅިގެން ރޭ ދެމީހަކު އަދި މިއަދު ދެމީހަކު ފުލުހުން ހައްޔަރު ކުރިއެވެ.

މިމައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާއިރު، ހައްޔަރުކޮށްފައިވަނީ ހަތަރު ދިވެހި ފިރިހެނުން ކަމުގެ އިތުރުން، އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-