-Advertisement-

-Advertisement-

ކޮޕާ އެމެރިކާއަށް އާޖެންޓީނާއިން ނެގި ސްކޮޑް އިއުލާނުކޮށްފި

ޖޫން މަހުގެ 20 ވަނަ ދުވަހު އެމެރިކާގައި ފައްޓާ ކޮޕާ އެމެރިކާ މުބާރާތުގައި ކުޅޭނެ ސްކޮޑް ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން އިއުލާނުކޮށްފިއެވެ.

ހޮނިހިރު ދުވަހު އާޖެންޓީނާގެ ކޯޗް ލިއޮނެލް ސްކަލޯނީ އިއުލާނު ކުރި ސްކޮޑުގައި ޖުމްލަ 26 ކުޅުންތެރިން ހިމެނޭއިރު އެ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ ލިއޮނެލް މެސީއެވެ. މެންޗެސްޓާ ޔުނައިޓެޑުގައި މިދިޔަ ސީޒަނުގައި ވިދާލި ޒުވާން ކުޅުންތެރިޔާ އެލެހާންދްރޯ ގާނާޗޯވެސް ސްކޮޑްގައި ހިމަނައިފައިވެއެވެ.

ކޮޕާ އެމެެރިކާގެ އެންމެ ފަހުގެ މުބާރާތްވެސް ކާމިޔާބުކުރި އާޖެންޓީނާ މިއަހަރުގެ މުބާރާތް ފަށާނީ ކެނެޑާއާއި ދެކޮޅަށެވެ. ގްރޫޕް އޭގައި ހިމެނޭ އާޖެންޓީނާ މިފަހަރުވެސް ތަށި ކާމިޔާބު ކުރާނެކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ކޮޕާ އެމެރިކާ 2024 އަށް ނުކުންނަ އާޖެންޓީނާ ސްކޮޑް:

ކީޕަރުން: އެމިލިއާނޯ މާޓިނޭޒް (އެސްޓަން ވިލާ)، ފްރާންކޯ އަރްމާނީ (ރިވަރ ޕްލޭޓް)، ޖެރޮނިމޯ ރޫލީ (އަޔަކްސް)

ޑިފެންޑަރުން: ގޮންޒާލޯ މޮންޓިއެލް (ނޮޓިންހަމް ފޮރެސްޓް)، ނަހުއެލް މޮލީނާ (އެތްލެޓިކޯ މެޑްރިޑް)، ކްރިސްޓިއަން ރޮމޭރޯ (ޓޮޓެންހަމް ހޮޓްސްޕާސް)، ޖަރުމަން ޕެޒެލާ (ރެއާލް ބެޓިސް)، ލޫކަސް މާޓިނޭޒް ކުއާޓާ (ފިއޮރެންޓީނާ)، ނިކޮލަސް އޮޓަމެންޑީ (ބެންފިކާ)، ލިސަންޑްރޯ މާޓިނޭޒް (މެންޗެސްޓާ ޔުނައިޓެޑް)، މާކޯސް އަކޫނާ (ސެވިއްޔާ)، ނިކޮލަސް ޓަގްލިއަފިކޯ (ލިޔޯން)

މިޑްފީލްޑަރުން: ގުއިޑޯ ރޮޑްރިގޭޒް (ރިއަލް ބެޓިސް)، ލިއަންޑްރޯ ޕަރެޑެސް (ރޯމާ)، އެލެކްސިސް މެކް އެލިސްޓާ (ލިވަޕޫލް)، ރޮޑްރިގޯ ޑި ޕޯލް (އެތްލެޓިކޯ މެޑްރިޑް)، އެކްސެކިއެލް ޕަލަސިއޯސް (ބަޔާ ލެވަކޫސަން)، އެންޒޯ ފަރްނާންޑޭޒް (ޗެލްސީ)، ޖިއޮވާނީ ލޯ ސެލްސޯ (ޓޮޓެންހަމް ހޮޓްސްޕާސް)

ފޯވާޑުން: އެންޖެލް ޑި މާރިއާ (ބެންފިކާ)، ވެލެންޓިން ކާބޯނީ (މޮންޒާ)، ލިއޮނަލް މެސީ (އިންޓަ މިއާމީ)، އަލެހެންޑްރޯ ގާނާޗޯ (މެންޗެސްޓާ ޔުނައިޓެޑް)، ނިކޮލަސް ގޮންޒާލޭޒް (ފިއޮރެންޓީނާ)، ލައުޓާރޯ މާޓިނޭޒް (އިންޓަ މިލާން)، ޖޫލިއަން އަލްވާރޭޒް (މެންޗެސްޓާ ސިޓީ)

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-