-Advertisement-

-Advertisement-

މެހެލިގޯޅީގައި ހުރި 5 ސައިކަލެއްގައި ރޯވެ އަނދައިފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: ސޯޝަލް މީޑިއާ

ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

މި ހާދިސާ ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 12:30 ހާއުރެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ހާދިސާ ހިނގި ތަނަށް ގޮސް ގޮނައިރުތަކެއް ނުވެ އަލިފާން ނިއްވާލާފައެވެ.

މި ހާދިސާގައި އެ ސަރަހައްދުގައި ހުރި ފަސް ސައިކަލަކާއި ބައިސްކަލެއްގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި ހާދިސާއަށް ގުޅިގެން އެއްވެސް މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ސައިކަލުތަކުގައި ރޯވި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-