-Advertisement-

-Advertisement-

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ!

އަމީނީ މަގުގައި ހުންނަ ސްޓެލްކޯގެ މައި އޮފީސް. ފޮޓޯ: އެޑިޝަން.އެމްވީ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ!

ކަރަންޓް ވިއުގަރ އަޕްގްރޭޓް ކުރުމުގެ މަސައްކަތް މިއަދު ކުރިއަށްދާތީ އެ މަސައްކަތް ކުރާ ސަރަހައްދުތަކުން މަސައްކަތުގެ ވަގުތުތަކުގައި ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެއްޖެއެވެ.

އެގޮތުން އެ ކުންފުނިން ބުނެފައިވަނީ، މިއަދު ހެނދުނު 10އި 12 އާއި ދެމެދު މާލޭގެ ބައެއް ސަރަހައްދުތަކުގެ ކަރަންޓް ވިއުގަރ އަޕްގްރޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ، އެ ވަގުތުތަކުގައި އެ ސަރަހައްދުތަކުން ކަރަންޓް ކެނޑުމަކީ އެކަށީގެން ވާކަމެއް ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނެފައިވަނީ ކަރަންޓް އަޕްގްރޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ، މާލެ ސިޓީ، ހެންވޭރު، އަމީރު އަހުމަދު މަގާއި، ސީސަންމަގު އަދި ރޯޝަނީމަގު ހިމެނޭ ސަރަހައްދުގައި ކަމަށެވެ.

އަދި ކަރަންޓް ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.

ސްޓެލްކޯގެ މަސައްކަތް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުން އަންނައިރު، ބައެއް ފަހަރު އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެއެވެ. އެހެން ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް ކަރަންޓް ފޯރުކޮށްދެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-