-Advertisement-

-Advertisement-

ބައި އިލެކްޝަނަކާއި ނުލައި ކައުންސިލް ތިން ގޮނޑިއެއް ޕީއެންސީއަށް!

ޕީޕީއެމް/ޕީއެންސީގެ އިވެންޓެއްގައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ފަޔާޒް މޫސާ، މިހާރު

ހުސްވެފައިވާ ކައުންސިލްތަކުގެ ގޮނޑިތަކުގެ ތެރެއިން ތިން ގޮނޑިއެއް ބައި އިލެކްޝަންއަކާއި ނުލައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

އެކަން އިއުލާނުކޮށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ހުސްވެފައިވާ ގޮނދިތަކުގެ ތެރެއިން ޅ. ހިންނަވަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއާއި، ރ. ހުޅުދުއްފާރު ކައުންސިލް މެންބަރުކަމާއި، ޅ އަތޮޅު ކައުންސިލް ރައީސްގެ ގޮނޑި  އިންތިހާބަކާއި ނުލާ ޕީއެންސީއަށް ކާމިޔާބުވެފައިވާކަމަށެވެ.

އެގޮތުން އެ ތިން ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި އެ އިންތިހާބުތަކުގައި ވާދަކުރުމަށް ކެނޑިޑެންސީ ހުށަހަޅައިފައިވަނީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ފ. ބިލެތްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމިނަމަވެސް އެކަމަށް އެދި ކުރިމަތިލާން ހުޅުވާލުމުން މިހާތަނަށް އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއްނުވެއެވެ.

އެ ކޮމިޝަނުން ބުނީ އެ ބައި އިލެކްޝަންގައި ވާދަކުރަން އަލުން ހުޅުވާލާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-