-Advertisement-

-Advertisement-

ސައިކަލުތަކުގެ ގަސްތުގައި ރޯކޮށްލިކަމުގެ ހެއްކެއް ނެތް: ފުލުހުން

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: ސޯޝަލް މީޑިއާ

ހެންވޭރު މެހެލާގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯވެ ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގުމަށް މެދުވެރިވީ ގަސްތުގައި އެ ސައިކަލްތަކުގައި ރޯކޮށްލައިގެން ކަމުގެ ހެއްކެއް މިހާތަނަށް ފެންނަށް ނެތް ކަމުގައި ފުލުހުން ބުނެއްޖެއެވެ.

ރޭ ދަންވަރު 00:27 ހާއިރު ހެންވޭރު އެފްއެސްއެމް ޕެޓްރޯލް ޝެޑް ކައިރީގައި ހިނގި މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، މި މައްސަލާގައި މިހާތަނަށް ތަހުގީގަށް ބެލެވެނީ އަލިފާން ރޯވި ކަމަށާއި މިހާތަނަށް ހޯދުނު ހޯދުންތަކުން ގަސްދުގައި ބަޔަކު ކުރި ކަމައް ނުބެލެވޭ ކަމަށެވެ.

ރޭގެ އަލިފާނުގެ ހާދިސާ ހިނގުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް މާގިނަ އިރުތަކެއް ނުވަނީސް އަލިފާންގަނޑު ނިއްވާލައިފައެވެ.

މި ހާދިސާގައި ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައިވާއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-