-Advertisement-

-Advertisement-

ނޮޅިވަރަމް ފުޓްސެލް ދަނޑުގައި ތިންވަނަ ފަހަރަށް ރޯކޮށްލައިފި

ހދ. ނޮޅިވަރަމްގައި ފުޓްސެލް ކުޅެމުން އަންނަ ޓާފް ދަނޑުގައި އެރަށުގެ ބަޔަކު ގަސްތުގައި ރޯކޮށްލާފައި - ފޮޓޯ/ ނޮޅިވަރަމް

ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ތިންވަނަ ފަހަރަށް ރޯކޮށްލައިފިއެވެ.

އެ ރަށު ފުޓްސަލްދަނޑުގައި ރޭ ގަސްތުގައި ރޯކޮށްލާފައިވަނީ ފުޜްސަލްމުބާރާތެއް ފެށުމަށް ތައްޔާރުވަމުން އަންނަނިކޮށްކަންވެސް ފާހަގަކޮށްލެވެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ފުޓްސެލް ދަނޑު ސަރަހައްދުން އަލިފާން ރޯކުރުމަށް ބޭނުން ކުރާ ސާމާނުވެސް ވަނީ ފެނިފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލިކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ލިބިފައިވާކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އެ ތަނުގައި ރޯވީ ކަމެއް ނުވަތަ ރޯކޮށްލީ ކަމެއް ވެސް ބުނަން އެނގޭނީ ތަހުގީގު ނިމުމުން ކަމަށް ފުލުހުން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ ރަށު ފުޓްސަލް ދަނޑުގައި ޓާފު އަޅަން ކުޑަ ދުވަސްކޮޅަކަށްވެފައި އޮއްވައި ގެންގޮސްފައި ހުރި ޓާފުތަކުގައި ވެސް ދެ ފަހަރެއްގެ މަތިން އަލިފާން ރޯކޮށްލާފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-