މާލެއިން އަނެއްކާވެސް ހަރުފައެއް ފެނިއްޖެއެވެ.
ރޭގެ ވަގުތެއްގައި މި ހަރުފަ ފެނިފައިވަނީ މާލެ މާފަންނު، ސަހަރާ ކައިރީ ގޯޅީ ގަނޑެއްގެ ތެރެއިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ހަރުފައެއް ފެނުނު ކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ އޮފިޝަލުން އެ ސަރަހައްދަށް ގޮސް ހަރުފަ އަތުލައިގެންފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދޭއިރު، އެއާއި މެދު އަމަލު ކުރާ އުސޫލާ އެއްގޮތަށް އަމަލު ކޮށްފައިވާ ކަމަށް އެމްއެންޑީފުން ބުނެއެވެ.
މިއީ ކޮން ކަހަލަ ހަރުފައެއް ކަމަށް އެމްއެންޑިއެފުން ހާމަކޮށްފައި ނުވާއިރު އަދި މިއީ ވިހަ ގަދަ އެއްޗެއް ނުވަތަ ނޫންކަންވެސް ހާމައެއް ނުކުރެއެވެ.
މީސް މީޑިޔާގައި ދައުރުވި ވޯޑިޔޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި މި ހަރުފައިގައި ގާތްގަނޑަކަށް ހަތަރު ވަރަކަށް ފޫޓު ހުންނާނެއެވެ.
މާލެއިން މި ފަހަކަށް އައިސް ދޭތެރެއަކުން ހަރުފަ ފެންނަ އިރު ބައެއް ފަހަރު ރާއްޖެއިން ބޭރުން އެތެރެކުރާ ލަކުޑި ފަދަ މުދާތަކުގެ ތެރެއިންވެސް ހަރުފަ ފެނެއެވެ.