-Advertisement-

-Advertisement-

ލަންކާގައި ކުލަގަދަކޮށް އަޟްޙާ އީދު ފާހަގަކޮށްފި

ފޮޓޯ: ލަންކާ ހައި ކޮމިޝަން

ލަންކާގައި ކުލަގަދަކޮށް އަޟްޙާ އީދު ފާހަގަކޮށްފިއެވެ.

ރާއްޖެއިން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ގައުމު ކަމުގައިވާއްޖެއަށް ސްރީލަންކާގައި މިއަދު ވަރަށް ކުލަގަދަކޮށް ޢީދު ފާހަގަކޮށްފިއެވެ.

ދިވެހިރާއްޖެއަށް އިއްޔެ އަކީ އީދު ކަމުގައިވީ ނަމަވެސް ސްރީލަންކާއަށް އަޟްހާ އީދުގެ ފުރަތަމަ ދުވަހަކީ މިއަދެވެ. އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ދިވެހީން ވަނީ ކޮލަމްބޯގެ މޯލްޑިވްސް ކަލްޗާ ސެންޓަރު ހުންނަ ސޯސަން ވިލާގައި އީދު ނަމާދު ޖަމާއަތުގައި ކޮށްފައެވެ. ޢީދު ނަމާދަށްފަހު، އީދު ސައި ވެސް އެ މަރުކަޒުގައި ބޭއްވާއިފައިވެއެވެ.

ލަންކާގައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު ގެ އިތުރުން ކޮމިޝަންގެ މުވައްޒަފުންނާއި ގިނަ އަދަދެއްގެ ދިވެހީން ވެސް މި އީދު ނަމާދުގައި ބައިވެރިވެފައެވެ.

އަޟްޙާ ޢީދުގެ މުނާސަބަތުގައި މިއަދު ހަވީރު ސޯސަންވިލާގައި ބޭއްވި ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ދިވެހީން ބައިވެރިވެފައިވާއިރު، ދިވެހި އާއިލާތަކާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ސަގާފީ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން މާލި ނެރުމާއި ބޮޑުމަސް ބޭނުންވެސް ހިމެނެއެވެ.

ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ ފަސްޓް ސެކްރެޓަރީ މަރިޔަމް ޝިޔާނާ ވިދާޅުވެފައިވާ ގޮތުގައި މިފަދައިން އީދު ފާހަގަކުރުމުގެ މަގުސަދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ މެދުގައި، ޚާއްސަކޮށް ކިޔަވާ ކުދިންގެ މެދުގައި ދިވެހި ސަގާފަތް ދިރުވައި އާލާކުރުވުން ކަމަށެވެ.

މީގެ އިތުރުން ކޮންމެ އީދަކާ ގުޅިގެން ވެސް މިކަހަލަ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-