-Advertisement-

-Advertisement-

ހައްޖުވާން ގޮސް އުޅުނު ހައްޖުވެރިއެއް އަރަފާތު ބިމުގައި ވިހައިފި

ފޮޓޯ: ސަން

މިއަހަރު ހައްޖުވުމަށް ގޮސްއުޅުނު ޙައްޖުވެރިއަކު އަރަފާތު ބިމުގައި ޙައްޖު ދުވަހު ވިހައިފިއެވެ.

ހައްޖު ދުވަހު އަރަފާތު ބިމުގައި ވިހައިފައިވަނީ 34 އަހަރުގެ ޕާކިސްތާނުގެ އަންހެނެކެވެ. އޭނާ ވިހެއީ ފިރިހެން ކުއްޖެކެވެ.

މާތް ވެގެންވާ އެ ބިމުގައި ވިހޭ ކުއްޖާއަށް ‘އަރަފާތު’ގެ ނަމުން ނަން ވަނީ ދީފައިވާއިރު އެ އަންހެން މީހާ ވިހާފައިވަނީ ބަނޑަށް 37 ވަނަ ހަފުތާގައެވެ.

ޕާކިސްތާނުގެ އަންހެން މީހާ ބަނޑަށް ނުވަ މަހުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވާ ކަމަށާއި އޭގެ ފަހުން އަރަފާތު ބިމުގައި ވިހެއުމަށް އެތައް ފަހަރަކު ބަނޑުގައި ރިއްސައި އެބިމުގައި ވިހެއުމުން އިތުރު ޗެކްއަޕްތައް ހެދުމަށް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް އެ އަންހެންމީހާ ވިހެއުމާ ހަވާލުވެ ހުރި ޑޮކްޓަރު ހާމަކޮށްފައިވެއެވެ.

ހައްޖު ދުވަހު އަރަފާތު ބިމުގައި ވިހައިފައިވާ ކުއްޖާގެ ބަރުދަނުގައި 3.04 ކިލޯ ހުރި ކަމަށާއި މަންމައާއި އަލަށް އުފަންވި ކުއްޖާގެ ހާލު ވެސް ރަނގަޅު ކަމަށް ޑޮކްޓަރު ބުނެފައިވެއެވެ.

އަރަފާތު ބިމުގައި ވިހެއި އަންހެން މީހާ ވަނީ އޭނާގެ ފޮޓޯ ނުނެގުމަށާއި އޭނާ އަކީ ކާކުކަން ސިއްރުކުރުމަށް އެދިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-